logoEN
WAMCO TOP 1
ގެމަނަފުށީ ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ފުލުހުން ކުރިއަށް ގެންގޮސްފި

ގެމަނަފުށީ ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ފުލުހުން ކުރިއަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

4/27/2026, 5:57:22 AM

# ގއ ގެމަނަފުށި

-

ކުށްމަދު އަމާން މާހައުލެއް ގާއިމުކުރުމަށާއި ވައްކަމާއި ސްކޭމްގެ މައްސަލަތަކުން ވިޔަފާރިވެރިން ރައްކާތެރިކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ގއ. ގެމަނަފުށީގައި ކުރިއަށް ގެންގޮސްފިއެވެ.

THE TRAVELLER AD

މި އެޕްރީލް މަހުގެ 26 ވަނަ ދުވަހު ގެމަނަފުށީ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ.

އަދި ވިޔަފާރިކުރުމަށްފަހު އޮންލައިންކޮށް ފައިސާދައްކާނަމަ، މުދާ ދޫކުރުމުގެ ކުރިން އެކައުންޓަށް ފައިސާ ޖަމާވިތޯ ޔަގީންކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އޭގެ އިތުރުން، ވައްކަމުގެ މައްސަލަތައް މަދުކުރުމަށާއި، ވައްކަން ކުރާފަރާތްތައް ދެނެގަތުމަށް ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި “ވަގުންނަށް ފުރުސަތު ނުދެމާ!” މައުލޫމާތު އެކުލެވޭ ލީފްލެޓް ދީފައިވެއެވެ.

ކޮމެންޓް
ފަހުގެ
HDC