
ފައިނޭންޝަލް ކުށްތައް ދެނެގަނެ ތަހުގީގު ކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ މުޙައްމަދު އިޝާން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި މަހުގެ 22 ވަނަ ދުވަހު ކުރެއްވި އިހުތިރާމުގެ މި ޒިޔާރަތަކީ އަލަށް އައްޔަންކުރެވުނު ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައި ތައާރަފުވުމުގެ ގޮތުން ކުރެއްވި ޒިޔާރަތެކެވެ. މި ބައްދަލުވުން އަމާޒުކުރެވިފައި ވަނީ ދެ މުއައްސަސާ ދެމެދު ގުޅުން ބަދަހިކުރުމަށެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުން ވެސް ވަނީ ފައިނޭންޝަލް ކުށްތައް ދެނެގަނެ ތަހުގީގު ކުރުމުގައި ގުޅިގެން މަސައްކަތްކުރުމާއި، ދެ މުއައްސަސާ ދެމެދު މައުލޫމަތު ބަދަލުކުރުން އިތުރަށް ހަރުދަނާކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ ބަދަލުވަމުން އަންނަ ކުށުގެ މާހައުލާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި، ހާއްސަކޮށް މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ދާއިރާތަކުގައި، ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.
ގުޅުންހުރި

ޑްރަގް އެންފޯސްމެންޓާއި މީރާ ގުޅިގެން ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

ފައިނޭންޝަލް ކުށްތައް ދެނެގަނެ ތަހުގީގު ކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފި

ފުލުހުން ތަމްރީނުކުރުމުގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ފުލުހުންގެ ތަޖުރިބާ މުހިންމު: ސީޕީ




