
ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވަޒީފާދިން ކަމަށް ރައީސް އިއުތިރާފްވެފައިވާ ކަމަށް ބުނެ އަދަދު ނޫހުން ހާމަކުރީ މާނަ އޮޅުވާލައިގެން - ސަރުކާރު
# ރައީސް މުއިއްޒު-
"ކެމްޕެއިނާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާ ދެއްވި ކަމަށް ރައީސް އިއުތިރާފުވެވަޑައިގެންފި" ސުރުހީގައި އަދަދު ނޫހުން ހާމަކޮށްފައިވާ ހަބަރަކީ ރައީސް ދެއްކެވި ވާހަކައިގެ މާނަ އޮޅުވާލައިގެން ލިޔެފައިވާ ހަބަރެއް ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން، މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، 'އަދަދު' ނޫހުގައި 20 އޭޕްރީލް 2026 ގައި ލީވާން ޢަލީ ނާޞިރު ލިޔެފައިވާ "ކެމްޕެއިނާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާ ދެއްވި ކަމަށް ރައީސް އިއުތިރާފުވެވަޑައިގެންފި" ސުރުޚީގެ ޚަބަރަކީ، ރައީސް ދެއްކެވި ވާހަކަ އޮޅުވާލުމަށް ލިޔެފައިވާ ހަބަރެއް ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ހަބަރަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި، އެހެން މީޑިއާއަކުން ކުރި ސުވާލަކަށް އެމަނިކުފާނު ދެއްވި ޖަވާބަށް ޙަވާލާދީ، ލިޔެފައިވާ ޚަބަރަކަށް ވީހިނދު، އެޚަބަރުގައި ރައީސުލްޖުމްހޫރިއްޔާއާ ޙަވާލާދީ، ޚަބަރުގައި އޮތް ސުރުޚީ ހިމެނޭގޮތަށް، ބަޔާންކޮށްފައިވާ ވާހަކަތަކަކީ އެމަނިކުފާނު ދެއްވި ޖަވާބުގެ ދޭހަވީ މާނަ އޮޅުވާލައި، ދެއްކެވި ވާހަކަފުޅުގެ ރޫހާއި މަޤްޞަދާ މުޅިން ޚިލާފު މާނައެއް އުފަންކުރުވައިގެން ލިޔެފައިވާ ޚަބަރެއް ކަމަށެވެ.
"ވަކި މަޤްޞަދެއް ޙާޞިލުކުރުމަށް ލިޔެވޭ އަން-އެތިކަލް، އަން-ޕްރޮފެޝަނަލް މިފަދަ ލިޔުންތަކާ ގުޅިގެން، ކަމުގެ ޙަޤީޤަތް ސާފުކޮށް، ހާމަކުރަމުންދާނެކަން އެންމެހާ ފަރާތްތަކަށް ޔަގީންކޮށް އަރުވަން" - މުންދު
ވިދާޅުވީ ކެމްޕެއިނާ ދިމާކޮށް ނުވަތަ ސިޔާސީ ގޮތުން ވަޒީފާ ދިނުން މި ގައުމުގައި ނިމުމަކަށް އަންނަންޖެހޭ ކަމަށް ރައްޔިތުން ބުނެފައިވާ ކަމަށެވެ. މިހެންކަމުން ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ނުވަތަ ކުންފުންޏަކުންވެސް މުވައްޒަފުން ނަގާނީ އިއުލާންކޮށްގެން، މެރިޓް އުސޫލުން ތައުލީމާއި ތަޖުރިބާއަށް ބަލައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ގުޅުންހުރި

ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވަޒީފާދިން ކަމަށް ރައީސް އިއުތިރާފްވެފައިވާ ކަމަށް ބުނެ އަދަދު ނޫހުން ހާމަކުރީ މާނަ އޮޅުވާލައިގެން - ސަރުކާރު

ވަޒީފާ ދެއްވުމުގައި އިސްކަންދެއްވާނީ މެރިޓާއި ތަޖުރިބާއަށް!

ސިޓީތަކުގެ ނަތީޖާ ބަލައިގަންނަން. ގަބޫލުކުރަނީ އެއީ ކަންކަން ރަނގަޅު ކުރަން ރައްޔިތުން ދިން ފުރުސަތެއްގެ ގޮތުގައި - ރައީސް
.jpg&w=3840&q=75)



