logoEN
WAMCO TOP 1
ދިވެހިންގެ ހިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލެވިފައިވާ ލަޝްކަރަކީ ސިފައިން - ރައީސް

ދިވެހިންގެ ހިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލެވިފައިވާ ލަޝްކަރަކީ ސިފައިން - ރައީސް

# ސިފައިންގެ އަހަރީ ދުވަސް# ރައީސް މުއިއްޒު

-

ދިވެހި ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލާފައިވާ އެންމެ ބިޔަ ލަޝްކަރަކީ ދިވެހި ސިފައިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ އަހަރީދުވަހުގެ ތަހުނިޔާ ފޮނުއްވަވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ، ދިވެހި ސިފައިންގެ 134 އަހަރުގެ ޚިދުމަތްތެރީންގެ ލިސްޓު ރަންއަކުރުން ފަވައިދީފައިވަނީ ޝަހީދުންނާއި، މުޖާހިދުންނާއި، ނުރައްކަލުން ރައްޔިތުން ސަލާމަތްކޮށްދިން ހިތްވަރުގަދަ އެތައް ދަރީންނެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލާފައިވާ އެންމެ ބިޔަ އަދި އެންމެ ޤާބިލް ލަޝްކަރަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ލޮބުވެތި ދިވެހި ސިފައިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.ރައީސް ވަނީ ދިވެހި ޤައުމަށްޓަކައި ރެޔާއިދުވާލު ސިފައިން ކޮށްދެއްވާ އަގުހުރި ޚިދުމަތަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ސިފައިންގެ ދުވަހުގެ ތަހުނިޔާ ދިވެހި ސިފައިންނާއި ޢާއިލާތަކަށް އެމަނިކުފާނު ވަނީ ފޮނުއްވާފައެވެ.

View post on Twitter

ސިފައިންގެ ޚިދުމަތް ދިވެހިރާއްޖޭގައި ފަށާފައިވަނީ މީލާދީން 1892 ވަނަ އަހަރު އޭޕްރިލް މަހުގެ 21 ވަނަ ދުވަހުގައެވެ.

ކޮމެންޓް
ފަހުގެ
HDC