
ކައުންސިލްތަކުގެ އެއްބާރުލުން ނުލިބޭނަމަ އެކަން ރައްޔިތުންނަށް ހާމަކުރާނަން - ރައީސް
# ރައީސް މުއިއްޒުރައީސް ޑރ. މުހައްމަދު މުއިއްޒު --
ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމުގައި ކައުންސިލުތަކުން ސަރުކާރަށް ހުރަސް އަޅާނަމަ އެކަން ހާމަ ކުރައްވާނެ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ނިމިދިޔަ ކައުންސިލު އިންތިޚާބުގައި އއ. ރަސްދުއާއި ތޮއްޑުއާއި އުކުޅަހުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އއ. ރަސްދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ކޮންމެ ޕާޓީއަކުން މަޤާމަކަށް އިންތިޚާބުވި ނަމަވެސް އިސްކުރައްވާނީ ދީނާއި، ޤައުމުގެ މަސްލަހަތުކަމަށެވެ. އަދި ކައުންސިލްތަކާ ގުޅިގެން ވައުދުތައް ފުއްދުމަށް ހަމަހަމަކަމާއެކު ސަރުކާރުން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވެވި އެވެ.
ނަމަވެސް ސަރުކާރުން ވީ ވައުދުތައް ފުއްދުމަށް ކައުންސިލުތަކުން ހުރަސް އަޅާނަމަ ރައްޔިތުންނަށް އެކަން ތަފުސީލުކޮށް ހާމަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ތަފުސީލުކޮށް ކިޔައިދޭނަން އެ ހަފުތާއެއްގެ ތެރޭގައި، ނޫނީ އެންމެ ފަހުން އެ ދިޔަ ދުވަސްކޮޅުގެ ތެރޭގައި، މިވެނި ސިޓީއެއްގެ ކައުންސިލުން މިހެން ކަންކަމަށް ހުރަސް އަޅައިފިކަން، އެހެންވީމާ އެޅި ހުރަހެއް ކިޔައިދޭނަން، ކިޔައިދީފައި ގާނޫނުގައި އޮންނަ ހަމަތަކުގެ މަތިން ދެން ކުރަންޖެހޭ މަސައްކަތެއް ކޮށްގެންވެސް ރައްޔިތުންނަށް ކޮށްދޭން ޖެހޭ ޚިދުމަތްތައް ކޮށްދިނުމުގައި ސަރުކާރު ދާނީ ކުރިއަށްކަން ކައުންސިލުން ހުރަސް އެޅިޔަސްވެސް، އެ ޔަގީންކަން އަޅުގަނޑު ރައްޔިތުންނަށް ދެން،" - ރައީސް
މާލެ ސިޓީ ކައުންސިލަށް އަލަށް ހޮވުނު މެމްބަރުންނަށް އިޝާރަތް ކުރައްވައި ރައީސް ވިދާޅުވީ، މާލޭ މަގުމަތިން ފެންނަނީ އިންތިހާބީ މެމްބަރުން ހަމަނުޖެހުން ހިންގާ މަންޒަރުތައް ކަމަށެވެ. އަދި ރައްޔިތުން ވޯޓު ދިނީ ހަމަނުޖެހުން ހިންގަން ނޫން ކަމަށާއި، ވޯޓުދިނީ ރައްޔިތުންގެ ފަރާތުން ގޮސް މަގާމާ ހަވާލުވާ ދުވަހުން ފެށިގެން ޒިންމާދާރު މަސައްކަތެއް ކުރުމަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ނިމިދިޔަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި ލިބުނު ނާކާމިޔާބީއަށް އަލިއަޅުއްވަލައްވަމުން ރައީސް ވިދާޅުވީ އެވޯޓު ނާކާމިޔާބުވުމުގެ ތަފާތު ސަބަބުތައްވާކަމަށާއި، އެކަމުގައި ޕީއެންސީގެ ކެމްޕެއިން ޓީމުތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރެވުންވެސް ހިމެނޭކަމަށެވެ. ރައީސް ވިދާޅުވީ، ސާފުކޮށް އޮތް މައްސަލައެއް ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ޕީއެންސީ މެމްބަރުންނަށް ކިޔައިދެވިފައި ނުވާކަމަށެވެ. ރައީސް ވިދާޅުވީ އެ ވޯޓުގައި ރައްޔިތުން ނިންމެވި ނިންމެވުމަށް މިއަދުވެސް ފުރިހަމައަށް އިޙްތިރާމް ކުރައްވާކަމަށެވެ.
ގުޅުންހުރި

ކައުންސިލްތަކުގެ އެއްބާރުލުން ނުލިބޭނަމަ އެކަން ރައްޔިތުންނަށް ހާމަކުރާނަން - ރައީސް

ރަސްދޫއިން ޕީއެންސީއަށް ލިބުނު ތާރީހީ ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް!
ރާއްޖޭގެ ސަރަހައްދުތަކާބެހޭ އެންމެހައި ކަންކަމާއި މައްސަލަތައް ބެލުމަށް ޚާއްސަ އޮފީހެއް!




