logoEN
WAMCO TOP 1
ރަސްދޫއިން ޕީއެންސީއަށް ލިބުނު ތާރީހީ ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް!

ރަސްދޫއިން ޕީއެންސީއަށް ލިބުނު ތާރީހީ ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް!

އަހުމަދު ޝުރާއު

logo

4/18/2026, 1:42:13 PM

# ރައީސް މުއިއްޒު

-

މިމަހު ކުރީކޮޅު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އއ ރަސްދޫއިން ވެރިކަން ކުރާ ޕީއެންސީއަށް ލިބުނު ތާރީހީ ކާމިޔާބީ ފާހަގަކުރުމަށް ރައީސުލްޖުމްހުރިއްޔާގެ ދެކަނބަލުން އެރަށަށް ވަޑައިގެންފި އެވެ.

THE TRAVELLER AD

ރައީސްގެ މި ދަތުރުފުޅަކީ ކައުންސިލުތަކުގެ އިންތިހާބަށްފަހު އެމަނިކުފާނު އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓުގެ ގިނަ ވަޒީރުން ބައިވެރިވެވަޑައިގެންފަައިވެއެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އއ.ރަސްދޫއަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. އެގޮތުން ރައީސްގެ ދެކަނބަލުން އެރަށަށް ފާބާވަޑައިގެން ވަނީ އެމަނިކުފާނުގެ އިސްތިގުބާލުގައި އެއްވެ ތިބި މީހުންނާ ސަލާންކުރައްވަައި ވާހަކަދެއްކެވުމުގައި ވަގުތު ހޭދަކުރައްވާފައެވެ.

މީގެ ކުރިން އިދިކޮޅު އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތް ރަސްދޫން ނިމިދިޔަ ލޯކަލް ކައުންސިލު އިންތިހާބުގައި ޕީއެންސީއށް ބޮޑު އަޣުލަބިއްޔަތެއް ލިބި އެ ރަށު ކައުންސިލުގެ ހުރިހާ ގޮނޑިއަކާއި ޑަބްލިއުޑީސީގެ އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުވިއެވެ.

ކޮމެންޓް
ފަހުގެ
HDC