logoEN
WAMCO TOP 1
ތިނެއް ޖެހުމާއި ހަމައަށް ވޯޓުލީ 3892 މީހުން!

ތިނެއް ޖެހުމާއި ހަމައަށް ވޯޓުލީ 3892 މީހުން!

އަހުމަދު ޝުރާއު

logo

4/18/2026, 11:36:44 AM

# އިލެކްޝަން ކޮމިޝަން

-

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ދެވަނަ ބުރުުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު، މިއަދު 3 ޖެހުމާ ހަމައަށް ތިން ހާހަށްވުރެ ގިނަ މީހުން ވޯޓު ލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

THE TRAVELLER AD

އީސީ އިން ނެރިފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު މެންދުރު ފަހު 3 ޖެހުމާ ހަމައަށް ޖުމްލަ 3892 މީހުންވަނީ ވޯޓު ލާފަ އެވެ. އެއީ 63.88 އިންސައްތަ މީހުންނެވެ.

ވޯޓު ލުމުގެ ހައްގު 6093 މީހަކަށް ލިބިފައިވާއިރު، މިހާތަނަށް ވޯޓުލާފައިވާ 3892 މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 1924 އަންހެނުންނާއި، 1968 ފިރިހެނުންނެވެ. އީސީން ބުނީ ވޯޓު ނުލާ އަދިވެސް 2201 މީހުން ތިބި ކަމަށެވެ.

އީސީގެ ރައީސް މުހައްމަދު ޒާހިދު ވަނީ ގިނަ ބަޔަކު އަވަހަށް ނުކުމެ ވޯޓުލުމަށް އިލްތިމާސްކޮށްފަ އެވެ. އަދި މިމަހުގެ 4 ވަނަ ދުވަހު ބޭއްވި 3 އިންތިހާބުގައި ވޯޓުލުމަށް ހޭދަވި ވަގުތާ އަޅާ ބަލާއިރު، މިއަދުގެ ވޯޓުލުމަށް ހޭދަވާ ވަގުތު ކުޑަކަމަށާއި، ވޯޓުލާ މަރުކަޒަށް ވަދެ ވޯޓު ކަރުދާސްކޮޅުގައި ފާހަގަޖެހުމާއި ވޯޓުފޮއްޓަށް އެޅުމަށްފަހު ނުކުތުމާއި ދެމެދު ހޭދަވަނީ އެވްރެޖްކޮށް 1 މިނިޓު ކަމަށް އީސީގެ ރައީސް ފާހަގަކުރެއްވި އެވެ.

އިންތިހާބުގެ އިތުރުބުރުގެ ވޯޓުލުން މިއަދު ހެނދު 8 ޖެހިއިރު ފެށިގެން 4 ޖެހުމާ ހަމައަށް ކުރިއަށްދާއިރު، އިންތިހާބުގެ ވޯޓުލުމަށް 5 ދާއިރާއެއްގައި ކުރިއަށްދާއިރު، ވޯޓުލުމަށް 14 ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ. އަދި މި 5 ދާއިރާގައި ވޯޓުލުމުގެ ހައްގު 6093 މީހުންނަށް ލިބިގެންދެ އެވެ.

ވޯޓުލުން ކުރިއަށްދަނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި، ފުވައްމުލަކު ދަޑިމަގު ދާއިރާއިން އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި، ހއ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށާއި، ހދ.ނޭކުރެންދޫ އަދި ލ. މާވަށުގެވެސް އަންހެނުންގެ ކޮމިޓީގެ މެންބަރަކު އިންތިހާބުކުރުމަށެވެ.

ކޮމެންޓް
ފަހުގެ
HDC