.webp&w=3840&q=75)
އާދަމް ޝަރީފް ދެއްވީ ކުރިމަގުގައި ވެސް، ދިވެހި ޤައުމަށް އިޚުލާޞްތެރިކަމާއެކު ޚިދުމަތް ކުރުމުގައި ދެމިހުންނާނެކަމުގެ ޔަޤީންކަން!
# އާދަމް ޝަރީފް-
މަގާމުން އިސްތިއުފާ ދެއްވި ކަމުގައި ވީ ނަމަވެސް ކުރިމަގުގައި ވެސް، ދިވެހި ޤައުމަށް އިޚުލާޞްތެރިކަމާއެކު ޚިދުމަތް ކުރުމުގައި ދެމިހުންނާނެކަމުގެ ޔަޤީންކަން ކުރީގެ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފް އުމަރު ދެއްވައިފި އެވެ.

ރައްޔިތުންގެ ވިންދާއެއްގޮތަށް ސަރުކާރުގެ ކަންކަން ކުރިޔަށް ގެންްދެވުމަށް ރައީސުލްޖުމްހުރިއްޔާ ކުރައްވާ މަސައްކަތްޕުޅުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން މިނިސްޓަރު އާދަމް ޝަރީފް ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރުގެ 11 މިނިސްޓަރަކު މިދިޔަ ހަފްތާގައި ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި އެވެ. މިއާއިއެކު ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ މިދިޔަ ހަފްތާގައި އެމަނިކުފާނުގެ ކެބިނެޓު އަލުން އެކުލަވާލައްވާފައި އެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ފުރަތަމަ ފަހަރަށް މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ކުރީގެ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ އެމަނިކުފާނު މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ މަޤާމުން އިސްތިއުފާ ދިނުމާ ގުޅިގެން ސިޓީތަކުގެ މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއި ކައުންސިލް މެންބަރުންނާއި ކައުންސިލް އިދާރާތަކުންނާއި ޢާންމު ފަރުދުންނާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ އެކުވެރި މުވައްޒަފުންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މުވައްޒަފުންނާއި ޢާންމުގެ ގިނަ ބަޔަކު ފާޅުކުރައްވަމުންގެންދަވާ އޯގާތެރި ބަސްފުޅުތަކަށް ޝުކުރު ދަންނަވާފައި އެވެ.
އަދި ކުރިމަގުގައި ވެސް، ދިވެހި ޤައުމަށް އިޚުލާޞްތެރިކަމާއެކު ޚިދުމަތް ކުރުމުގައި ދެމިހުންނާނެކަމުގެ ޔަޤީންކަން އާދަމް ޝަރީފް ވަނީ ދެއްވާފައި އެވެ.
އާދަމް ޝަރީފްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެވޭނީ ޙަޤީޤީ މާނައިގައި ކައުންސިލްތައް ބާރުވެރި ކުރުވިގެން ކަމަށާއި ކައުންސިލްތަކާއި ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރެވިގެން ކަމަށެވެ. އަދި ކައުންސިލްތަކަށް ހިންދެމިލެވޭނެ، އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ މާލީ ފުދުންތެރިކަން ކައުންސިލްތަކަށް ލިބިގެން ކަމަށާއި ރައްޔިތުންނާ ގުޅޭ ކަންކަމުގައި ދައުލަތުގެ ކޮންމެ މުއައްސަސާއަކުން ފުރަތަމަ ޓަކިޖަހާ ދޮރަކީ ކައުންސިލްތަކަށްއެ އަދި ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މެދުވެރިއަކަށް ކައުންސިލްތައް ހެދިގެން ކަމަށެވެ.
އަލަށް ހުވާކުރާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ސަރުކާރާ ގުޅިގެން، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ އައު ބާބެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ފެށިގެންދަވާނެކަމަށް އުންމީދު ކުރައްވާކަމުގައިވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
ގުޅުންހުރި
.webp&w=3840&q=75)
އާދަމް ޝަރީފް ދެއްވީ ކުރިމަގުގައި ވެސް، ދިވެހި ޤައުމަށް އިޚުލާޞްތެރިކަމާއެކު ޚިދުމަތް ކުރުމުގައި ދެމިހުންނާނެކަމުގެ ޔަޤީންކަން!

މިނިސްޓަރު އާދަމް ޝަރީފްވެސް މަގާމުން ވަކިކޮށްފި

ކައުންސިލު އިދާރާތައް އިމާރާތް ކުރުމުގެ މަސައްކަތް ހިނގަމުންދާ ގޮތާމެދު ހިތްހަމަޖެހޭ: އާދަމް ޝަރީފް




