
-
ލާމަރުކަޒީ ނިޒާމުން އުފާވެރި މުސްތަޤުބަލެއް ގެނެސްދޭނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

''އެކްސް'' ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރި ކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމަށެވެ.
އަދި ލާމަރުކަޒީ ސިޔާސަތުގެ ދަށުން ކައުންސިލްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް ރައީސް މަސައްކަތްކުރައްވަމުންދާ ކަމަށާއި، ރަށްރަށުގެ ޢުމްރާނީ ތަރައްޤީއާއި، ފަޅު ރަށްތައް ފަދަ ވަސީލަތްތައް ކައުންސިލްތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހުރިހާ ރަށަކަށް ވަޑައިގެން ކައުންސިލްތަކާއި، ރައްޔިތުންނާ ބައްދަލުކުރައްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ގުޅުންހުރި
.webp&w=3840&q=75)
އާދަމް ޝަރީފް ދެއްވީ ކުރިމަގުގައި ވެސް، ދިވެހި ޤައުމަށް އިޚުލާޞްތެރިކަމާއެކު ޚިދުމަތް ކުރުމުގައި ދެމިހުންނާނެކަމުގެ ޔަޤީންކަން!

މިނިސްޓަރު އާދަމް ޝަރީފްވެސް މަގާމުން ވަކިކޮށްފި

ކައުންސިލު އިދާރާތައް އިމާރާތް ކުރުމުގެ މަސައްކަތް ހިނގަމުންދާ ގޮތާމެދު ހިތްހަމަޖެހޭ: އާދަމް ޝަރީފް




