logoEN
WAMCO TOP 1
ސިޓީސް މިނިސްޓްރީ އުވާލިއަސް ގާނޫނީ ހުސްކަމެއް ނާންނާނެ!

ސިޓީސް މިނިސްޓްރީ އުވާލިއަސް ގާނޫނީ ހުސްކަމެއް ނާންނާނެ!

# އެލްޖީއޭ

އެލްޖީއޭގެ ސީއީއޯ ނިމާލް --

އަތޮޅު ކައުންސިލުތަކާއި އަދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އުވާލުމަށް ނިންމިޔަސް އިދާރީ ދާއިރާތައް ހިންގުމަށް ގާނޫނީ ހުސްކަމެއް ނާންނާނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

އެލްޖީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރަށު ކައުންސިލުތަކާއި ސިޓީކައުންސިލުތަކުން ފޯރުކޮށް ދޭންޖެހޭނެކަމަށް ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ބަޔާންކޮށްފައި އެންމެހާ ޚިދުމަތްތައް ދިނުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މައްޗަށް ލާޒިމުކަމެއް ކަމަށެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު އަށް ގެނެވުނު 17 ވަނަ އިސްލާހުގައި އަތޮޅު ކައުންސިލުތައް އުވާލާ އަތޮޅު ކައުންސިލުތަކުން ފޯރުކޮށްދެމުންދިޔަ އެންމެހާ ޚިދުމަތްތަށް ފޯރުކޮށްދިނުމުގެ ޤާނޫނީ ޒިންމާ މަތިކޮށްފައިވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށެވެ. އަދި ދެންނެވުނު އަތޮޅު ކައުންސިލުގެ ނަމުގައި ހުރި އެންމެހާ މުދަލާއި ވަސީލާތްތަށް ބަދަލުވެގެން ދާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށެވެ. އަދި އަތޮޅު ކައުންސިލުތައް އުވާލާ އިދާރީ ދާއިރާތަކުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އޮފީސްތަކެއް ޤާއިމް ކުރުމުގެ އިޚްތިޔާރު ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 17 ވަނަ އިސްލާހުގައި ސާފުކޮށްބަޔާންކޮށްފައިވާ ކަމަށް އެލްޖީއޭއިން ބުނެފައިވެއެވެ.

އަތޮޅު ކައުންސިލުތައް އުވާލާ އަތޮޅު ކައުންސިލުތަކުން އަދާކުރަމުންދިޔަ ޤާނޫނީ މަސްޢޫލިއްޔަތު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ބަދަލުވާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވުމާއި، އަދި އަތޮޅު ކައުންސިލުތަކުގެ ބަދަލުގައި އިދާރީ ދާއިރާތަކުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އޮފީސްތަކެއް ޤާއިމް ކުރުމުގެ އިޚްތިޔާރު ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވުމުން މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އުވާލުމަކުން ޤާނޫނުއަސާސީގައި އަދި ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް، ޤާނޫނީ ހުރަހެއް ނުވަތަ ހުސްކަމެއް ނާންނާނެ ކަމަށް އެލްޖީއޭއިން ވަނީ ބުނެފައެވެ.

ކޮމެންޓް
ފަހުގެ
HDC