logoEN
WAMCO TOP 1
102 ކުޅުންތެރިންނާއެކު 13 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކެރަމް މުބާރާތް މިރޭ ފަށައިފި

102 ކުޅުންތެރިންނާއެކު 13 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކެރަމް މުބާރާތް މިރޭ ފަށައިފި

ހަސަން ޝަމްއޫން

logo

4/15/2026, 11:37:14 AM

# ދިވެހި ކުޅިވަރު # ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕް# ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ހުޅުމާލެ ކެރަމް ހޯލުގައި މުބާރާތް ކުރިއަށްދަނީ.. ފޮޓޯ: ގާފު ސްޕޯޓްސް

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ 13 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކެރަމް މުބާރާތް މިރޭ ފަށައިފިއެވެ.

THE TRAVELLER AD

އެޕްރީލް 15 އިން ފެށިގެން ހުޅުމާލޭ ކެރަމް ހޯލުގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ތިން ކެޓަގެރީއެއް ހިމެނޭއިރު، އޭގެ ތެރޭގައި ހިމެނެނީ ޖޫނިއާ، ސީނިއާ އަދި އޯޕަން ކެޓަގެރީ އެވެ.

އެގޮތުން މިމުބާރާތުގެ ޖޫނިއާ ފިރިހެން ޑަބަލްސް އިވެންޓްގައި 20 ޕެއާ ވާދަކުރާއިރު، ޖޫނިއާ އަންހެން ޑަބަލްސް އިވެންޓްގައި އަށް ޕެއާ ވަނީ ބައިވެރިވެފައިވެއެވެ. އަދި ޖޫނިއާ ސިންގަލްސް ކެޓަގެރީ ދެ އުމުރު ފުރާއަކަށް ބަހާލެވިފައިވާއިރު، ޖޫނިއާ ފިރިހެން ސިންގަލްސް 15 އަހަރުން ދަށުގައި 16 ކުޅުންތެރިން އަދި ޖޫނިއާ ފިރިހެން ސިންގަލްސް 19 އަހަރުން ދަށުގައި 32 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން ޖޫނިއާ އަންހެން ސިންގަލްސް 15 އަހަރުން ދަށުގައި 10 ކުޅުންތެރިން އަދި ޖޫނިއާ އަންހެން ސިންގަލްސް 19 އަހަރުން ދަށުގައި 14 ކުޅުންތެރިން ބައިވެރިވެފައިވާއިރު، މި ޑިވިޝަންގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ސިންގަލް އެލިމިނޭޝަން އުސޫލުންނެވެ.

މުބާރާތުގެ ސީނިއާ ކެޓަގެރީގައި ފިރިހެން ޑަބަލްސް އިވެންޓްގައި 14 ޕެއާ އަދި އަންހެން ޑަބަލްސް އިވެންޓްގައި ފަސް ޕެއާ ވާދަކުރާއިރު، ސީނިއާ ފިރިހެން ސިންގަލްސް އިވެންޓްގައި 37 އަދި ސީނިއާ އަންހެން ސިންގަލްސް އިވެންޓްގައި 12 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. އަދި ޑިވިޝަންގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. މީގެ އިތުރުން ސިންގަލް އެލިމިނޭޝަން އުސޫލުން ކުރިއަށްދާ މިމުބާރާތުގެ އޯޕަން ސިންގަލް އިވެންޓްގައި 37 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް
ފަހުގެ
HDC