
ރައީސްގެ ނޫސްވެރިންގެ ބައްދަލުވުންތައް ކުރިއެކޭ އެއްގޮތަށް ކޮންމެ ހަފްތާއަކު ކުރިއަށް ގެންދާނެ - ސްޕޯކްސް ޕާސަން
# ރައީސް މުއިއްޒުރައީސް ޑރ. މުހައްމަދު މުއިއްޒު --
ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކޮންމެ ހަފްތާއަކު ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށްފަހު ރައީސް ނޫސްވެރިންނާ ބައްދަލުކުރެއްވުން މެދުކަނޑާލައިފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ހީނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުން 1 މާރިޗް 2026 ން ފެށިގެން ކަނޑައަޅުއްވާފައިވާ އުޞޫލުގެ މަތިން ގަވާއިދުން ކުރިޔަށްދާނެ ކަމަށެވެ.
ހީނާ ވަނީ ރައީސް މުއިއްޒު މިއަހަރު އިއްވެވި ރިޔާސީ ބަޔާނުގައި، ނޫސްވެރިންނާ ބައްދަލުކުރެއްވުމާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅު ހިއްސާކުރައްވާފައެވެ.
ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، މާރޗް މަހުން ފެށިގެން އާއްމު އުސޫލެއްގެ މަތިން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
". ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް މި ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު އިރާދަކުރެއްވިއްޔާ މިކަން މިގޮތުގައި ކުރުމުގައި ދެމި ހުންނާނެ ވާހަކަ ދަންނަވަން." - ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި އެވެ.
އެހެންކަމުން ކުރިއަށް އޮތް ހަފްތާގެ ހޯމަ ދުވަހު ނޫސްވެރިންގެ ބައްދަލުވުން އޮންނާނެ ކަމަށް ހީނާ ވިދާޅުވި އެވެ. ނަމަވެސް މިހަފްތާގެ ބައްދަލުވުން ނުބާއްވަން މެދުވެރިވި ސަބަބެއް ސީދާ ހާމަކޮށްފައެއް ނުވެއެވެ.
ގުޅުންހުރި

އޮޕަރޭޝަން ކުރަނގި: 98 އިންސައްތަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނަގައިފި

ކުރީގެ މެންބަރު ރާމިޒް އަވަހާރަވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ

ތެލެސީމިއާ ދުވަސް ހަނދާންކޮށްދީ، ދަސްކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް - ރައީސް




