
-
ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ސްރީލަންކާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.

ލަންކާގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ރައީސް ޑރ މުހައްމަދު މުއިއްޒު ފުރަމާނާ ދަތުރުފުޅެއްގައި އެގައުމަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ކުރީ ކޮޅު އެވެ.
އެގޮތުން މިއީ ލަންކާގެ ރައީސްގެ ދައުވަތަކަށް ރައީސް މުއިއްޒު އާއި ސަރުކާރުގެ ބައެއް އިސްވެރިން އެގައުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައި އެވެ.
ލަންކާގެ ނޫހެއް ކަމަށްވާ ނިއުސްފަސްޓްއިން ރިޕޯޓުކުރާ ގޮތުގައި މި ދަތުރުފުޅާއި ދިމާކޮށް ރާއްޖެއިން އެގައުމަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދު ވަނީ އެގައުމުގެ މިނިސްޓަރ އޮފް ފިޝަރީޒް، އެކްވަޓިކް އެންޑް އޯޝަން ރިސޯސަސް ރަމަލިންގަމް ޗަންދްރަސޭކަރާއި އެކު ރަސްމީ ބައްދަލުވުމެއް ބާއްވާފައި އެވެ. އެގޮތުން އެބައްދަލުވުމުގައި ދެޤައުމުގެ މަސްވެރިކަމުގެ ދާއިރާތަކުގެ މެދުގައި އެއްބާރުލުން ދިނުމަށް އާ ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިފައިވާ ކަމަށް ނިއުސް ފަސްޓްއިން ރިޕޯޓުކުރެއެވެ.
މި ދަތުރުފުޅު ވެގެންދާނީ ރައީސް މުއިއްޒު ސްރީލަންކާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅަށެވެ.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބާތަކުގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ އަހަރު ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިއްސާނަޔަކޭ ރާއްޖެ ވަޑައިގެންނެވި އެވެ.
ގުޅުންހުރި

ރައީސް މުއިއްޒު އަންނަ މަހު ސްރީލަންކާއަށް ވަޑައިގަންނަވަނީ

ރައީސްގެ ދެކަނބަލުން އުމްރާގެ އަޅުކަން އަދާކުރެއްވުމަށްފަހު މާލެ ވަޑައިގެންފި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 20 ކޯޓާ އާ ހަމައަށް ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތް ހަދައިފި




