logoEN
WAMCO TOP 1
ޤަވާއިދާ ޚިލާފަށް އުޅެމުން އައި ބިދޭސީއެއް ހުޅުމާލޭ ފޭސް އެކަކުން ހައްޔަރުކޮށްފި

ޤަވާއިދާ ޚިލާފަށް އުޅެމުން އައި ބިދޭސީއެއް ހުޅުމާލޭ ފޭސް އެކަކުން ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

4/12/2026, 9:36:58 AM

# ހުޅުމާލެ ފޭސް 1

-

ހުޅުމާލެ ފޭސް އެކަކުން ޤަވާއިދާ ޚިލާފަށް އުޅެމުން އައި ބިދޭސީއެއް ހައްޔަރުކޮށްފިއެވެ.

THE TRAVELLER AD

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރާއި މޯލްޑިވްސް އިމިޤްރޭޝަން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ދަށުން ތަފާތު އެކި ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ވަނީ ރެއިޑް އޮޕަރޭޝަނެއް ހިންގާފައެވެ.

އެގޮތުން ވަނީ ހުޅުމާލެ ފޭސް 1ގެ ސައިމާ ހިނގުމާއި ހައިވަކަރު މަގުގައި ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަނުގައި 15 ބިދޭސީން ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ ބިދޭސީއެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު މިހާރު ވަނީ އެއްކޮށްފައެވެ. އަދި އިތުރު މަރުޙަލާތަކުގެ ދަށުން ރާއްޖެއަށް އެތެރެވުމަށް ކޯޓާ ދިން ފަރާތް ނޫން ފަރާތްތަކުގެ ކައިރީ މަސައްކަތް ކުރަމުންދާ ބިދޭސީން ގެންގުޅޭ ފަރާތްތަކަށް އަންނަ މަހުގެ 2 ވަނަ ދުވަހާއި ހަމައަށް ޤަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު މިހާރު ވަނީ ދީފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ޤަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭނެ އެންމެ ފަހު ފުރުސަތު ދީފަވާއިރު މި މުއްދަތުގެ ފަހުން އިތުރު ފުރުސަތެއް ނުދޭން ސަރުކާރުން ވަނީ ނިންމާފައެވެ.

އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމުގެ އިންޒާރު ސަރުކާރުން ވަނީ ދީފައެވެ.

ކޮމެންޓް
ފަހުގެ
HDC