logoEN
WAMCO TOP 1
ރައީސްގެ ވައުދުފުޅާ އެއްގޮތަށް ހުޅުމާލެ ފޭސް 1 ގެ ފްލެޓްތަކުގެ މަހުކުލި 20 އިންސައްތަ ކުޑަކޮށްފި

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ހުޅުމާލެ ފޭސް 1 ގެ ފްލެޓްތަކުގެ މަހުކުލި 20 އިންސައްތަ ކުޑަކޮށްފި

އައިޝަތު އިފާޝާ

logo

2/1/2024, 7:35:04 AM

# ހުޅުމާލެ ފޭސް 1

ހުޅުމާލެ ފޭސް އެކެއް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ހުޅުމާލޭ ފޭސް 1 ގައި ހިމެނޭ ސޯޝަލް ހައުސިން ޔުނިޓްތަކުގެ މަހު ކުލި ކުޑަކޮށްފިއެވެ.

THE TRAVELLER AD

މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް އިން ކުރި އިއުލާނެއްގައި ބުނީ, ހުޅުމާލެ ފޭސް 1 ގައި ހިމެނޭ ސޯޝަލް ހައުސިންގ ޔުނިޓުތަކަށް ދައްކަންޖެހޭ މަހު ކުލިން %20 (ވިހި އިންސައްތަ) ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ ކަމަށެވެ.

އެގޮތުން ގެދޮރުވެރިން ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި ޢިިމާރާތްކޮށްފައިވާ 704 ފުލެޓުގެ ކުލިން %20 (މެއިންޓަންސް/މެނޭޖްމަންޓް ފީ ނުހިމަނައި) ކުޑަކުރުމަށް ނިންމާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

އެގޮތުން ގެނެވުނު ބަދަލާއެއްގޮތަށް ކުލިން %20 ކުޑަކުރުމަށް ނިންމާފައިވަނީ ފެބުރުވަަރީ 2024 އިން ފެށިގެން ކަމުގައި އެ ވުޒާރާއިން ބުނެފައިވެއެވެެ.

ކޮމެންޓް
ފަހުގެ
HDC