logoEN
WAMCO TOP 1
ގާދިއްފުށި ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ގާދިއްފުށި ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

4/10/2026, 2:07:06 PM

# ތ. ގާދިއްފުށި

-

ތ. ގާދިއްފުށި ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

THE TRAVELLER AD

އެގޮތުން ގާދިއްފުށި ބިން ހިއްކުމުގެ މަސައްކަތް ފެށިކަން އިއުލާނުކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ގާދިއްފުށި ބިން ހިއްކުމުގެ މި މަޝްރޫޢުގެ ދަށުން އެރަށުން 11 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން 10 ދުވަސްތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢަށް 110.5 މިލިޔަން ރުފިޔާ ޚަރަދުކުރެއެވެ.

ގާދިއްފުށްޓަކައި ބިން އިތުރުކޮށްދީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ އެމަނިކުފާނު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެރަށަށް ކުރެއްވި ދަތުރުފުޅުފައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައެވެ. މި މަޝްރޫޢަކީ ރަށުގެ ތަރައްޤީއަށާއި ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރައްވާ މުހިންމު މަސައްކަތެކެވެ.

ކޮމެންޓް
ފަހުގެ
HDC