
-
ތ. ގާދިއްފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ގާދިއްފުއްޓަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރުއެވެ. އަރިހުގައި ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު އާއި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީ އަދި ގާދިއްފުށި ކައުންސިލްގެ ރައީސް ޢަބްދުالله ނަސީފް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 85،788،143.28 ރުފިޔާއަށް 580 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ
މި މަޝްރޫޢުގެ ދަށުން ގާދީއްފުށީ ބަނދަރު ބޮޑުކުރެވިގެންދާނެއެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ ބަނދަރާއި ނެރު ފުންކުރުމާއި 318 މީޓަރުގެ އެލް-ބްލޮކް ޖައްސައި ބަނދަރު އެއްގަމުތޮށި ހެދުމާއި 227 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަން ޖެހުމާއި 289 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް އަދި 252 މީޓަރުގެ އެލް ބްލޮކްސް ޖައްސައި ސޭންޑް ފިލްޑް ބްރޭކްވޯޓަރ ހެދުމާއި 145 މީޓަރުގެ ބޮޑުހިލައިގެ ޗެނަލް ބްރޭކްވޯޓަރ ޖެހުމާއި 20*3 މީޓަރުގެ ޖެޓީއެއް ހެދުމާއިއި 9 މީޓަރުގެ ބޮޑުހިލައިގެ ސަބްމާޖްޑް ބްރޭކްވޯޓަރ ޖެހުމާއި 204 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމުގެ އިތުރުން 1،365 އަކަމީޓަރުގެ ކޮންކްރީޓް ޕޭވްމަންޓް އެޅުމުގެ މަސައްކަތެވެ.
ގުޅުންހުރި

ގާދިއްފުށި ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ގާދިއްފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި




