
-
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ދެމީހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނ. ވެލިދޫ / ވެށި، ޙުސައިން ސަމާޙު (33އ) އާއި ޏ. ފުވައްމުލައް / ހޯދަޑު.ވައިގަދަގެ، ޙަސަން ޖައިލަމް (34އ) އެވެ.
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކޮށް އަދި އެ ތަކެތި ބޭނުންކުރާކަމުގެ ތުހުމަތުގައި 2026 އޭޕްރީލް 7 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 އިން އެ ދެމީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 36 ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން، އެ މީހުން ދުއްވި ކާރު ވަނީ ޓޯ ކޮށްފައެވެ.
އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

ފުލުހުންނާއި ކަސްޓަމްސްއާއި ދެމެދު ގުޅުން ބަދަހިކޮށް ގައުމީ ސަލާމަތް ރައްކާތެރިކުރުމަށް އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާކޮށްފި
.png&w=3840&q=75)
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް މީހެއްގެ މައްޗަށް ސާބިތުވެ، 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި

މަސްތުވާތަކެއްޗާއެކު ބާރަށުން މީހަކު ހައްޔަރުކޮށްފި




