
ރ. އަލިފުށި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ގާފު އޮންލައިން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ ރ. އަލިފުށި، އައިރިސް ގޭގައެވެ.
މި ގެއަކީ މީހުން ދިރިއުޅޭ ގެއެއް ނަމަވެސް، މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، އެ ގެ ބޭނުން ނުކުރެވޭ ވަރަށް ވަނި އަނދާ ހުލިވެފައި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
.gif&w=3840&q=75)




