logoEN
PNC TOP 3
ސަރުކާރުގެ ޓެކްސީ ލައިން، މާލެ ޓެކްސީގެ ކާރުތައް މަގުތަކަށް: ބުކް ކުރުމަށް ޚާއްސަ ވެބް އެޕްލިކޭޝަނެއް!

ސަރުކާރުގެ ޓެކްސީ ލައިން، މާލެ ޓެކްސީގެ ކާރުތައް މަގުތަކަށް: ބުކް ކުރުމަށް ޚާއްސަ ވެބް އެޕްލިކޭޝަނެއް!

އަހުމަދު ޝުރާއު

logo

4/2/2026, 5:43:44 PM

# ސަރުކާރު ޓެކްސީ ލައިން

-

މާލޭ ޓެކްސީ ލައިން ޚިދުމަތުގެ ކާރުތައް ރަސްމީކޮށް ހިދުމަތަށް ނުކުމެއްޖެ އެވެ.

PNC MID 2

މާލޭ ޓެކްސީ ލައިން ޚިދުމަތު އިފްތިތާހު ކުރީ މިރޭ މާލެ ސިޓީ ހުޅުމާލެ ސެންޓްރަލް ޕާކުގައި އޮތް ހާއްޞަ ހަފުލާއެއްގައެވެ. މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ މި ހިދުމަތަށް ޚާއްސަ ވެބް އެޕްލިކޭޝަން ލޯންޗުކޮށްފައެވެ. އަދި މާލަސްތަކެއް ނުވެ މި ހިދުމަތުގެ ޚާއްސަ މޯބައިލް އެޕްލިކޭޝަނެއްވެސް ލޯންޗުކުރުމަށް ވަނީ ނިންމާފައި އެވެ.

މާލެ ޓެކްސީ ލައިންގެ ޚާއްސަ ވެބް އެޕްލިކޭޝަން

މާލެ ޓެކްސީ ލައިންގެ ދަށުން ޖުމުލަ 150 ކާރު މިވަގުތަށް ޚިދުމަތަށް ނެރެން ވަނީ ހަމަޖެހިފައެވެ. އަލަށް މި ތަޢާރަފުކުރެވުނު މާލެ ޓެކްސީ ލައިން ޚިދުމަތުގައި އެކުލެވިފައިވާ ހާއްޞަ ސިފަތަކުގެ ތެރޭގައި ޑިޖިޓަލައިޒް ކުރެވިފައިވާ ވެބް ބުކިން ސިސްޓަމަކާއި ވަގުތުން ވެހިކަލް ޓްރެކްކުރެވެން ހުރުން ހިމެނެއެވެ. އަދި ނަގުދު ފައިސާ ބޭނުންކުރުމުގެ ބަދަލުގައި ކޭޝްލެސްކޮށް ފައިސާ ދެއްކެން ހުންނައިރު ކޮށްފައިވާ ދަތުރުތަކުގެ ތަފްސީލު ވެސް ފަސޭހަކަމާއެކު ބަލައިލެވެން ހުންނާނެއެވެ.

މީގެ އިތުރުން ޑިޖިޓަލްކޮށް ދަތުރުގެ ރަސީދުވެސް ބަލައިލެވެން ހުންނާނެއެވެ. މާލެ ޓެކްސީ ލައިންއިން އަބަދުވެސް ދަތުރުކުރާނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައި ހުންނަ އަގުތަކަށެވެ. ކަސްޓަމަރު ދަތުރު ބުކް ކުރުމާއެކު އެ ހިސާބަކާ އެންމެ ކައިރީގައި އޮތް މާލެ ޓެކްސީ ލައިންގެ ކާރެއް އެ ކަސްޓަމަރަކަށް ޚިދުމަތް ދިނުމަށް ކަނޑައެޅިގެން ދާނެއެވެ. އަދި މާލެ ޓެކްސީ ލައިންގެ މި ޚިދުމަތް ކަސްޓަމަރުންނަށް 24 ގަޑިއިރު ލިބެން ހުންނާނެއެވެ.

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ތަޢާރަފުކުރުމުގެ މައިގަނޑު މަޤުޞަދަކީ ރައްޔިތުންނަށް އިތުބާރުކުރެވޭ ރައްކާތެރި ހަރުދަނާ ލުއިފަސޭހަ އަދި ފެންވަރު ރަނގަޅު އިތުރު ޓެކްސީ ޚިދުމަތެއް ފޯރުކޮށްދިނުމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތް ކުރުމަށް ގެންގުޅުއްވާ ހަރުދަނާ ޤައުމީ ސިޔާސަތާ އެއްގޮތަށ،ް މި ޓެކްސީ ފްލީޓްގައި ހިމެނޭ ވެހިކަލްތަކަކީ ތިމާވެއްޓާ ރައްޓެހި އ.ީވީ ވެހިކަލް ތަކެކެވެ. ތިމާވެއްޓާ ރައްޓެހި މި އިލެކްޓްރިކް ޓެކްސީ ފްލީޓުގެ ސަބަބުން ކޮޕް 29 ގައި ދިވެހިރާއްޖެއިން ކާބަން ފުޓްޕްރިންޓް ދަށްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް އިތުރު ކުރިއެރުމެއް ލިބިގެން ދާނެއެވެ.

މާލެ ޓެކްސީ ލައިން ފްލީޓުގެ ހުރިހާ ވެހިކަލެއްވެސް އުފައްދާފައިވަނީ ޗަންގަން އޮޓޯމޯބިލް އިންނެވެ. މިއީ ދުނިޔޭގައި ނަން މަޝްހޫރު ބްރޭންޑެކެވެ. އަދި އިންޖިނިއަރިންގައި އެންމެ ކުރިއަރާފައިވާ ފެންވަރު ރަނގަޅު ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްކާތެރި މޮޅު ހިތްގައިމު ޑިޒައިންތަކުގެ ބައިނަލްއަޤްވާމީ ފެންވަރުގެ ކާރު އުފައްދާ ކުންފުންޏެކެވެ. ކަސްޓަމަރުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް މާލެ ޓެކްސީ ލައިން ފްލީޓުގައި ޗަންގަން ބްރޭންޑުގެ 3 މޮޑެލެއް ވަނީ ތަޢާރަފުކޮށްފައެވެ. އެގޮތުން ޗަންގަންގެ ލުމިން މޮޑެލަކީ ސައިޒު ކުޑަ ކާރެއްކަމުން މާލެސިޓީތެރޭގެ ހަނިމަގުތަކުގައި ދަތުރުކޮށްލުމަށް މި ކާރު ފަސޭހަވާނެއެވެ. ނަމަވެސް ގިނަ ބަޔަކު ދަތުރުކުރާނަމަ އަދި ގިނަ ދާގީނާތަކެއް ގެންދާން ބޭނުންވެއްޖެނަމަ ޗަންގަންގެ އެސްޒީރޯ 5 ނުވަތަ އެސްޒީރޯ 7 މޮޑެލްގައި ދަތުރުކޮށްލަން ފަސޭހަފުޅުވާނެއެވ.ެ.

މާލެ ޓެކްސީ ލައިންގެ އެންމެ މުޙިންމު މަޤުޞަދަކީ ކަސްޓަމަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއެކު ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމެވެ. އެގޮތުން މާލެ ޓެކްސީގައި ވަޒީފާ އަދާކުރާ ހުރިހާ ޓެކްސީ ޑްރައިވަރުންނަކީވެސް އިންޓަވިއު ޕްރޮސެސްއެއްގެ ތެރެއިން ވަޒީފާއަށް ހޮވުމަށްފަހު އެންމެ ރަނގަޅު ފެންވަރުގެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ބޭނުންވާ ތަމްރީނުތައް ދެވިފައިވާ ބައެކެވެ. މިގޮތުން ފުލް ޓައިމް އަދި ޕާޓް ޓައިމް ޑްރައިވަރުންގެ ގޮތުގައި ޖުމްލަ 407 މުވައްޒަފުން މި ޚިދުމަތް ދިނުމުގައި ހަރަކާތްތެރި ވަމުންދާނެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC