logoEN
PNC TOP 3
ސަރުކާރުގެ ޓެކްސީ ލައިނަށް ބޭނުންކުރާ ކާރުތައް ގެންނަން ފަށައިފި: އަންނަ މަހު 2 ގައި ހިދުމަތް ފަށަނީ

ސަރުކާރުގެ ޓެކްސީ ލައިނަށް ބޭނުންކުރާ ކާރުތައް ގެންނަން ފަށައިފި: އަންނަ މަހު 2 ގައި ހިދުމަތް ފަށަނީ

އަހުމަދު ޝުރާއު

logo

3/24/2026, 2:58:55 PM

# ސަރުކާރު ޓެކްސީ ލައިން

-

ސަރުކާރުން ތަޢާރަފް ކުރާ ޓެކްސީ ލައިންގެ ޚިދުމަތަށް ބޭނުންވާ ކާރުތައް މާލެ ގެންނަން ފަށައިފިއެވެ.

PNC MID 2

އެމްޓީސީސީން މިއަދު ހާމަކޮށްފައިވާ ގޮތުގައި ޓެކްސީ ލައިނަށް ބޭނުންވާ 150 ކާރުގެ ތެރެއިން 60 ކާރު މިހާރު މާލެ ގެނެސްފައިވާއިރު. މިމަހުގެ 29 ވަނަ ދުވަހު ކާރުތަކުގެ ދެވަނަ ޝިޕްމަންޓް 90 ކާރާއިއެކު ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވެއެވެ.

މިގޮތުން ފުރަތަމަ ޝިޕްމެންޓުގައި ގެނައި 60 ކާރު ބައްލަވައިލެއްވުމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނު އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީ ވަނީ މިއަދު ހުޅުމާލެ ޕޯޓަށް ވަޑައިގެންފައި އެވެ. އަދި މި ޓެކްސީ ލައިނުގައި ބޭނުންކުރާ ކާރުތައް ފުރަތަމަ ފަހަރައް މިއަދު ވަނީ ދައްކާލާފައި އެވެ.

ސަރުކާރުން ހާމަކުރާ ގޮތުގައި ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް މިހާރު ތައްޔާރުވަމުންދަނީ، އޭޕްރިލް މަހުގެ 2 ވަނަ ދުވަހަށެވެ. މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވޭނީ، އެކަމަށް ޚާއްސަކޮށް އުފައްދާފައިވާ އެޕްލިކޭޝަން މެދުވެރިކޮށެވެ.

އެމްޓީސީސީން ބުނީ މާލޭގައި ޓެކްސީ ލައިންގެ ޚިދުމަތް ފެށުމުގެ މައިގަނޑު އަމާޒަކީ، ރައްޔިތުންނަށް ކުރިޔަށްވުރެ ބޮޑަށް ޓެކްސީ ހޯދަން ފަސޭހަކޮށްދިނުން ކަމަށެވެ. އަދި ޓެކްސީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުން ކަމަށެވެ.

ސަރުކާރުގެ ޓެކްސީ ލައިނުގައި ބޭނުންކުރާނީ، %100 ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މީގެތެރޭގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ. މާލޭގައި ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ގެންނަނީ، ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ކާރުތަކެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC