
ބާރުގަދަ ބިންހެލުމާއިއެކު އިންޑޮނޭޝިޔާ، މެލޭޝިޔާ އަދި ފިލިޕީންސްގެ ބައެއް ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު!
# ބިންހެލުން-
ބާރުގަދަ ބިންހެލުމާއިއެކު އިންޑޮނޭޝިޔާ، މެލޭޝިޔާ އަދި ފިލިޕީންސްގެ ބައެއް ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު ނެރެފި އެވެ.

އިންޑޮނޭޝިއާގެ އުތުރު މޮލޫކާ ކަނޑުގެ ސަރަހައްދަށް 7.8 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ދާދި ދެންމެ އަކު ވަނީ ބުނެފައި އެވެ.
އެގޮތުން މި ބިންހެލުން އައިސްފައިވަނީ 10 ކިލޯމީޓަރު (6.21 މޭލު) އަޑިން ކަމަށާއި އެސ ސަރަހައްދުގެ 1،000 ކިލޯމީޓަރު ދުރުގައި، އިންޑޮނޭޝިއާ، ފިލިޕީންސް އަދި މެލޭޝިއާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ސުނާމީގެ ރާޅުތައް އަރާނެ ކަމުގެ އިންޒާރު މިހާރު ވަނީ ދީފައި އެވެ.
ޔޫއެސްޖީއެސް އިން ބުނާ ގޮތުގައި ބިންހެލުން އައީ އިންޑޮނޭޝިއާގެ އުތުރު މަލޫކު ޕްރޮވިންސްގެ ޓާނަޓޭ ސިޓީއާ ގާތްގަނޑަކަށް 120 ކިލޯމީޓަރު ދުރަށެވެ.
މި ބިންހެލުމާ ގުޅިގެން އެމެރިކާގެ ސުނާމީ އިންޒާރުދޭ ނިޒާމުން ލަފާކޮށްފައިވާ ގޮތުގައި އިންޑޮނޭޝިއާގެ އައްސޭރިފަށަށް 0.3 މީޓަރާއި 1 މީޓަރުގެ ރާޅުތައް އަރާނެ އެވެ. އަދި ގުއާމް، ޖަޕާން، މެލޭޝިއާ، ފިލިޕީންސް އަދި ޓައިވާންގެ އައްސޭރިފަށަށް ވެސް 0.3 މީޓަރުގެ ރާޅުތަކެއް އަރާނެ ކަމަށް ވަނީ ލަފާކޮށްފައިވެ އެވެ.
މި ބެންހެލުން އައިސްފައިވަނީ ރާއްޖެއާއި 5865 ކިލޯމީޓަރު ދުރަށް ކަމަށާއި މި ބިންހެލުމުގެ ސީދާ ނުރައްކަލެއް ރާއްޖެއަށް ނުކުރާނެކަމަށް ރާއްޖޭގެ މެޓް އޮފީހުން ދާދި ދެންމެ އަކު ވަނީ ހާމަކޮށްފައެވެ.
ގުޅުންހުރި

ބާރުގަދަ ބިންހެލުމާއިއެކު އިންޑޮނޭޝިޔާ، މެލޭޝިޔާ އަދި ފިލިޕީންސްގެ ބައެއް ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު!

އިންޑޮނޭޝިޔާ ކައިރީގައި އޮންނަ ނިކޯބަރ އައިލެންޑްސްއަށް ބާރުގަދަ ބިންހެމެއް: މެޓުން ބުނަނީ ރާއްޖެއަށް އަސަރު ނުކުރާނެ ކަމަށް!

މިޔަންމާ ބިންހެލުމުގައި ތައިލެންޑަށްވެސް ބޮޑެތި ގެއްލުންތަކެއް

.gif&w=3840&q=75)



