
އިންޑޮނޭޝިޔާ ކައިރީގައި އޮންނަ ނިކޯބަރ އައިލެންޑްސްއަށް ބާރުގަދަ ބިންހެމެއް: މެޓުން ބުނަނީ ރާއްޖެއަށް އަސަރު ނުކުރާނެ ކަމަށް!
# ބިންހެލުންއިންޑޮނޭޝިއާއާއި ކައިރީގައި އޮންނަ ޖަޒީރާއެއް ކަމަށްވާ ނިކޯބާރ އައިލެންޑްސް އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިރޭ ބުނީ މި ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން 11:41 ހާއިރު 6.2 މެގްނިޓިއުޑްގައި ކަމަށެވެ. މި ބިންހެލުން އައިސްފައިވަނީ ރާއްޖެއާއި 2215 ކިލޯމީޓަރު ދުރުންކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައި އެވެ.
އަދި މި ބިންހެލުމާއި ގުޅިގެން ރާއްޖެއަށް އަސަރުކުރާނެ ކަމަށް ނުބެލެވޭކަމަށްވެސް މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައި އެވެ.
މި ބިންހެލުމުގެ އަސަރު ނުކުރާނެ ކަމަށް މެޓުން ބުނި ނަމަވެސް ވެރިރަށް މާލެއަށް ބިންހެލުމުގެ ލޮޅުންތަކެއް އިހްސާސްވި ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދޭނެ ކަމުގެ އިންޒާރެއް ދުނިޔޭގެ ޖިއޯލޮޖިކަލް ސެންޓަރުން އަދި މިހާތަނަށް ނެރެފައި ނުވެއެވެ.