logoEN
PNC TOP 3
ކޭބަލަކަށް ގެއްލުންވެ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުން: ވަގުތީ ކޭބަލެއް އަޅައި ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ގެތަކަށް ކަރަންޓު ދީފި

ކޭބަލަކަށް ގެއްލުންވެ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުން: ވަގުތީ ކޭބަލެއް އަޅައި ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ގެތަކަށް ކަރަންޓު ދީފި

އަހުމަދު ޝުރާއު

logo

3/11/2026, 12:15:00 AM

# ސްޓެލްކޯ

-

ކޭބަލަކަށް ގެއްލުންވުމާއި ގުޅިގެން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ގެތަކަށް ވަގުތީ ކޭބަލެއް އަޅައި ކަރަންޓުގެ ހިދުމަތް މިހާރު ދީފައިވާކަން ސްޓެލްކޯއިން ހާމަކޮށްފި އެވެ.

PNC MID 2

ސްޓެލްކޯއިން މިރޭ މެންދަމު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެކުންފުނީގެ ކަރަންޓުގެ ވިއުގައިގައި ހިމެނޭ ލޯ-ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެ، ރަތްވިލާ ހިނގުން، ކަލާފާނު ހިނގުން، ލޮނުޒިޔާރަތް މަގު، މޫނިމާ ހިނގުން، ބުރުޒުމަގު އަދި އިރުދޭމާ ހިނގުން ހިމެނޭ ސަރަހައްދުގެ ބައެއް ގެތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

އެގޮތުން ދިމާވި މައްސަލަ ދެނެގަނެ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ގެތަކަށް އަލުން ކަރަންޓު ދިނުމަށްޓަކައި ވަގުތީ ކޭބަލެއް އެޅުމުގެ މަސައްކަތްތައް އެކުންފުނީން ވަނީ ކޮށްފައެވެ.

ސްޓެލްކޯއިން ދެންމެ ހާމަކުރި ގޮތުގައި ވަގުތީ ކޭބަލެއް އަޅައި ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ގެތަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައިއެވެ.

ސްޓެލްކޯއިން ވަނީ ދިމާވި ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފައި އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC