
މަހިބަދޫގައި ސްޓެލްކޯއިން ދެމުންދާ ހިދުމަތްތަކުގެ އިންތިޒާމުތައް ބައްލަވާލެއްވުމަށް ކުންފުނީގެ އިސްވެރިން އެރަށަށް!
# ސްޓެލްކޯ-
ރާއްޖޭގައި ކަރަންޓުގެ ހިދުމަތްދޭ މައި ކުންފުނި ސްޓެލްކޯގެ އިސްވެރިން އދ މަހިބަދޫއަށް ރަސްދޫއަށް ޒިޔާރާތްކޮށްފި އެވެ.

ސްޓެލްކޯއިން ބުނީ ކުންފުނި ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރާއި، ބޯޑުގެ ޗެއާމަން މުޙައްމަދު ލަޠީފްގެ އިތުރުން ކުންފުނީގެ އިސްވެރިން މަހިބަދޫއަށް ޒިޔާރާތްކޮށްފައިވާ ކަމަށެވެ.
އެގޮތުން މި ދަތުރުގެ ތެރެއިން މަހިބަދޫގައި އެކުންފުނިން ދެމުންގެންދާ ޚިދުމަތްތައް ބައްލަވާލައްވައިފި ކުންުފުނީގެ މުވައްޒަފުންނާއި އިސްވެރިން ވަނީ ބައްދަލުކުރައްވާފައި އެވެ އެވެ. އެ ބައްދަލުވުމުގައި އެރަށުގައި ދެމުންދާ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާއި، މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
މަހިބަދޫގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަނީ ސްޓެލްކޯއިން ނެވެ.
މިއީ ކުންފުނީގެ ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރާއި، ބޯޑުގެ ޗެއާމަން މުޙައްމަދު ލަޠީފް ކުންފުނީގެ ހިންގުމާއި ހަވާލުވެވަޑައިގެންނެވި ފަހުން އެރަށަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ގުޅުންހުރި

އައިޖީއެމްއެޗްއާއި ދަރުމަވަންތަ ހޮސްޕިޓަލަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް ސްޓެލްކޯއާއިއެކު މަޝްވަރާކޮށްފި

ހަންޏާމީދޫގައި ސްޓެލްކޯއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އިންތިޒާމުތައް ބައްލަވާލެއްވުމަށް ކުންފުނީގެ އިސްވެރިން އެރަށަށް!

މަހިބަދޫގައި ސްޓެލްކޯއިން ދެމުންދާ ހިދުމަތްތަކުގެ އިންތިޒާމުތައް ބައްލަވާލެއްވުމަށް ކުންފުނީގެ އިސްވެރިން އެރަށަށް!




