logoEN
PNC TOP 3
ދަނގެތީގައި ސްޓެލްކޯއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އިންތިޒާމުތައް ބައްލަވާލެއްވުމަށް ކުންފުނީގެ އިސްވެރިން އެރަށަށް!

ދަނގެތީގައި ސްޓެލްކޯއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އިންތިޒާމުތައް ބައްލަވާލެއްވުމަށް ކުންފުނީގެ އިސްވެރިން އެރަށަށް!

އަހުމަދު ޝުރާއު

logo

3/29/2026, 4:00:00 PM

# ސްޓެލްކޯ

-

ރާއްޖޭގައި ކަރަންޓުގެ ހިދުމަތްދޭ މައި ކުންފުނި ސްޓެލްކޯގެ އިސްވެރިން އދ ދަނގެއްޗަށް ޒިޔާރާތްކޮށްފި އެވެ.

PNC MID 2

ސްޓެލްކޯއިން ބުނީ ކުންފުނި ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރާއި، ބޯޑުގެ ޗެއާމަން މުޙައްމަދު ލަޠީފްގެ އިތުރުން ކުންފުނީގެ އިސްވެރިން ދަނގެއްޗަށް ޒިޔާރާތްކޮށްފައިވާ ކަމަށެވެ.

އެގޮތުން މި ދަތުރުގެ ތެރެއިން ދަނގެތީގައި އެކުންފުނިން ދެމުންގެންދާ ޚިދުމަތްތައް ބައްލަވާލައްވައި ކުންުފުނީގެ މުވައްޒަފުންނާއި އިސްވެރިން ބައްދަލޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި އެރަށުގައި ދެމުންދާ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާއި، މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

ދަނގެތީގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަނީ ސްޓެލްކޯއިން ނެވެ.

މިއީ ކުންފުނީގެ ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރާއި، ބޯޑުގެ ޗެއާމަން މުޙައްމަދު ލަޠީފް ކުންފުނީގެ ހިންގުމާއި ހަވާލުވެވަޑައިގެންނެވި ފަހުން އެރަށަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC