
-
މިއަހަރުގެ ފިތުރު އީދު ދުވަހާއި ގުޅިގެން މާލޭގައި ކުރިޔަށް ގެންދިޔަ އީދު ހަވީރުގައި ސްޓެލްކޯގެ ސްޓޯލަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ "އީދު ހަވީރު" ކާމިޔާބުކަމާއެކު މިއަދު ހަވީރު ވަނީ ނިންމާލާފައި އެވެ.
ސްޓެލްކޯއިން ބުނީ . އާއިލާތަކަށް އުފާވެރި މާހައުލެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި ސަރުކާރުން ކުރިއަށްގެންދިޔަ މި ހަރަކާތުގެ ތެރެއިން އެކުންފުނީންވެސް ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ބައިވެރިވެވޭނެ ތަފާތު ގިނަ ކުޅިވަރުތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި މި ތިން ދުވަހު އާންމުންގެ ފަރާތުން ލިބުނު ހޫނު ތަރުހީބާއި، ކުންފުނީގެ މުވައްޒަފުންނާއެކު އާންމުން ހޭދަކުރި އުފާވެރި ވަގުތުތަކަކީ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލެއް އަދި ހިތްހަމަޖެހުމެއްކަމުގައި ސްޓެލްކޯއިން ވަނީބުނެފައި އެވެ.
ސްޓެލްކޯއިން ވަނީ މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށާއި، ބައިވެރިވި ހުރިހާ އާންމު ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.
ގުޅުންހުރި

ހަންޏާމީދޫގައި ސްޓެލްކޯއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އިންތިޒާމުތައް ބައްލަވާލެއްވުމަށް ކުންފުނީގެ އިސްވެރިން އެރަށަށް!

މަހިބަދޫގައި ސްޓެލްކޯއިން ދެމުންދާ ހިދުމަތްތަކުގެ އިންތިޒާމުތައް ބައްލަވާލެއްވުމަށް ކުންފުނީގެ އިސްވެރިން އެރަށަށް!

ދިއްދޫގައި ސްޓެލްކޯއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އިންތިޒާމުތައް ބައްލަވާލެއްވުމަށް ކުންފުނީގެ އިސްވެރިން އެރަށަށް!

.gif&w=3840&q=75)



