logoEN
PNC TOP 3
 މާފަންނު އަދި މައްޗަންގޮޅީގެ ބައެއް ސަރަޙައްދުތަކުން މާދަމާ ހެނދުނު ކުޑައިރުކޮޅަކަށް ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ

މާފަންނު އަދި މައްޗަންގޮޅީގެ ބައެއް ސަރަޙައްދުތަކުން މާދަމާ ހެނދުނު ކުޑައިރުކޮޅަކަށް ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ

އަހުމަދު ޝުރާއު

logo

3/26/2026, 4:00:00 PM

# ސްޓެލްކޯ

-

މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

PNC MID 2

ސްޓެލްކޯއިން ކުރި އިއުލާނެއްގައި ބުނީ އެކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކުގައި ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް މާލެ ސިޓީ، މާފަންނު އަދި މައްޗަންގޮޅީގެ ބައެއް ސަރަޙައްދުތަކުން ހެނދުނުގެ ވަގުތުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.

އެގޮތުން ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތަށް ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވަނީ ހެނދުނު 06:00 އާއި 06:15 އާއި ދެމެދު އަދި 8:00 އާއި 8:15 އާ ދެމެދު ކުޑަވަގުތުކޮޅަކަށެވެ. ކަ

ސްޓެލްކޯއިން ވަނީ މި މަސައްކަތްތަކުގެ ތެރެއިން ކަރަންޓު ކެނޑެން މެދުވެރިވާތީ ދިމާވާނެ ދަތިތަކަށް މާފަށް އެދިފައި އެވެ.

އެކުންފުނީން ދަނީ އެކުންފުނިން ދެމުންދާ ކަރަންޓުގެ ހިދުމަތް ރަނގަޅުކޮށް ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC