
-
ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށާ އުފައްދާފައިވާ'ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުން އިސްނަގައިގެން ޚާއްސަ ލީޑަރޝިޕް ވޯކްޝޮޕެއް ކުރިޔަށް ގެންގޮސްފި އެވެ.

މާލޭގައި ހުންނަ ޔޫތު ހަބުގައި ކުރިޔަށްގެންދިޔަ މި ވޯކްޝޮޕުގައި އުމުރުން 30 އަހަރުން ދަށުގެ 117 ޒުވާނުން ބައިވެރިވި އެވެ.
އެގޮތުން ތަޖުރިބާކާރުންގެ މުހިންމު ސެޝަންތަކާއިއެކު ކުރިޔަށްދިޔަ މި ސެޝަންތަކުގައި ޒުވާން ލީޑަރުން އުފެދުމުގެ މުހިންމުކަމަށާއި ލީޑަރަކަށް ވުމަށްޓަކައި ކުރަންޖެހޭ ކަންކަމާއި ރާއްޖޭގެ ސިޔާސީ މައިދާނުގައި އާއި ގޮތް ނިންމުމުގައި ޒުވާނުންގެ ދައުރާއި ގުޅޭގޮތުން ޒުވާނުންނަށް ވަނީ މައުލޫމާތު ދީފައި އެވެ.
ވަކީން ޚާއްސަކޮށް އަންނަ ހަފްތާ ބަންދުގައި ރާއްޖޭގައި ނަގާ ރިފެރެންޑަމް ވޯޓަށް ހޭލުންތެރިކުރުމުގެ ސެޝަނެއްވެސް ކުރިޔަށް ގެންގޮސްފައިވާއިރު މި ސެޝަންގެ ބައިވެރިންނަށް ރިފަރެންޑަމަކީ ކޮބައިކަމާއި ޒުވާނުން އެކަމުގައި ބައިވެރިވެ ވޯޓުލާންވީ ސަބަބުތައް ވަނީ ކިޔާދީފައި އެވެ.
އަދި ޒުވާނުން ސިޔާސީ ދާއިރާއަށް ނުކުތުމާއި ގުޅޭގޮތުން ކުރިޔަށް ދިޔަ ސެޝަންގައި ސިޔާސީ މައިދާނުގައި އޮތް ފުރުސަތުތަކާއި މި ސަރުކާރުން ޒުވާނުންގެ މުސްތަގްބަލަށް ދޭ އަހައްމިއްޔަތުކަމާއި ގުޅޭގޮތުން މައުލޫމާތު ދީފައި ވެއެވެ.
.gif&w=3840&q=75)




