
ދާވޫދު ވަކިނުކޮށްފިނަމަ މިއަދު ޔޫތު އެޑްވައިޒަރީ ބޯޑުން އިންތިއުފާ ދޭނަން - ނަޒާހާ
# ޔޫތު އެޑްވައިޒަރީ ބޯޑު--
ޕްރެސިޑެންޝިއަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ ރައީސް ދާވޫދު އަހުމަދު ޒިލާލް އަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން އޭނާ އެބޯޑުން ވަކިނުކޮށްފި ނަމަ މިއަދު ބޯޑު މެމްބަރު ކަމުންނާއި ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވާނެ ކަމަށް އެބޯޑުގެ ނައިބު ރައީސް ނަޒާހާ ނަޒީމް ބުނެފި އެވެ.

އުމުރުން 21 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ ފެނުނު މައްސަލަ އާއި ގުޅިގެން ގިނަ ތުހުމަތުތަކެއް ދާވޫދުގެ މައްޗަށް ވަނީ ފެންމަތިވެފައި އެވެ. އެގޮތުން އަންހެން ކުއްޖާ ވެއްޓުނު މައްސަލާގައި އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ ދާވޫދޫގެ ކޮއްކި ރައުދު އަހުމަދު ޒިލާލް އަށެވެ. އަދި އެ މައްސަލައިގެ ތެރެއިން ބަނގުރަލާ އެހެނިގެން ގާނޫނާއި ބައެއް ހިލާފް ކަންކަމުގައި ދާވޫދު ޝާމިލުވެ އުޅޭ ފޮޓޯތަކެއް މީސް މީޑިއާއަށް ވަނީ ތިލަ ވެފައި އެވެ.
ދާވޫދޫއަށް ސީރިއަސް ތުހުމަތުތަކެއް ކުރެވި އޭނާ މަގާމުން ވަކިކުރުމަށް ގިނަ ބަޔަކު ގޮވާލަމުން އަންނަ ދަނޑިވަޅެއްގައި ޕްރެސިޑެންޝިއަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ ނައިބު ރައީސް ނަޒާހާ އޭނާގެ ރަސްމީ އިންސްޓަރގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު އިރުއޮއްސި 06:00 ގެ ކުރިން ދާވޫދު އެބޯޑުން ވަކިނުކޮށްފި ނަމަ އޭނާ އެބޯޑުންނާއި ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.
އަދި ރޭޕްއާއި އެބިއުސް އަދި މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވެމުންދާ ފަރާތަކާއި އެކު މަސައްކަތް ކުރުމަށް ބޭނުންނުވާކަމަށް ނަޒާހާ ވަނީ ބުނެފައި އެވެ.




