
-
ހއ. މާރަންދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފިއެވެ.

މާރަންދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ލެބޯޓަރީގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިންނާއި އެރަށު ކައުންސިލްގެ މެންބަރުންނާއި ޞިއްޙީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ލެބޯޓަރީއާއިއެކު މާރެންދޫ ގައި އާންމު ބަލިތަކަށް ޓެސްޓު ކުރެވި ރަށުން ބޭރަށް ސާމްޕަލްތައް ފޮނުވައިގެން ޓެސްޓުތައް ހަދަމުން އައި އައުން ހުއްޓުމަކަށް އަންނާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
މާރަންދޫގައި ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށާފައިވާއިރު، 2026 ވަނަ އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރުމަކީ މި ސަރުކާރުގެ ވައުދެކެެވެ.
ގުޅުންހުރި

ދުނިޔޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަކީ އެންމެންގެ ޒިންމާއެއް - ގީލާ

ރާއްޖެއިން "ޓްރިޕަލް އެލިމިނޭޝަން' ހާސިލުކުރުމުން ޑަބްލިއުއެޗްއޯއިން ހަނދާނީ ފިލާ އަރުވައިފި

ސިއްހީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް އިތުރު ފުރުސަތުތައް ހޯދުމަށް ޗައިނާގެ ސިޗުއާން ޕްރޮވިންސާއިއެކު ޝްވަރާކޮށްފި




