
-
ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުން ހުއްޓުވާނެ ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށް ސުޕްރީމްކޯޓުން ކަނޑައަޅައިފި އެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ހޮނިހިރު ދުވަހު ނެގުމަށް ތައްޔާރުވެފައިވާއިރު މި ވޯޓަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ޤާނޫނު އަސާސީއަށް ގެނެސްފައިވާ 8 ވަނަ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރުމަށް ފެނޭތޯ ބެލުމަށް ނަގާ ވޯޓެކެވެ.
ގާނޫނީ ވަކީލް އައިކް އަހުމަދު އީސާ އާއި ގާނޫނީ ވަކީލް އިބްރާހިމް ޝިޔާމްގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންނާ ކުރުމަށް ކަނޑައަޅާފައިވާ ސުވާލަކީ ގާނޫނު އަސާސީއާ ހިލާފު ސުވާލެއް ކަމަށް ކަނޑައަޅައި ވޯޓު ހުއްޓުވުމަށް އެދި އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައަޅާފައިވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން ހުއްޓުވުމަށް ހުށަހަޅާފައިވާ ދޫސްތޫރީ މައްސަލައިގެ ހުކުމް އިއްވަވަމުންނެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓެއް ނަގާއިރު ސުވާލު ހިމަނަންޖެހޭ ވަކި ގޮތެއް ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ވެސް ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި މިހާރު ސުވާލު އޮތީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ބެލެވެން ނެތް ކަމަށާއި އެހެންވެ ފެންނަ ނުފެންނަ ވޯޓު ހުއްޓުވެން ނެތް ކަމަށް ފަސް ފަނޑީޔާރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.
ގުޅުންހުރި

ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުން ހުއްޓުވާނެ ގާނޫނީ އަސާސެއް ނެތް - ސުޕްރީމް ކޯޓު
.jpg&w=3840&q=75)
ރަޖިސްޓްރާ މެދުވެރިކޮށް މައްސަލަތައް ބަލައިގަތުމާއި ނުގަތުމުގައި އެންމެ ގިނަ ނިންމެވުންތަައް ނިންމެވީ ހުސްނުއްސުއޫދު - މުހުތާޒު

އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ޢަބްދުލްޣަނީ އައްޔަންކުރައްވައިފި

.gif&w=3840&q=75)



