
އަންނަ މަހު އެކަކުން ފެށިގެން ފަތުރުވެރިންނަށް ސިމްޕްލިފައިޑް ޓޫރިސްޓް ވިސާ އެކްސްޓެންޝަންގެ ޚިދުމަތް ލިބޭނެ!
# މޯލްޑިވްސް އިމިގްރޭޝަން-
އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަތުރުވެރިންނަށް ސިމްޕްލިފައިޑް ޓޫރިސްޓް ވިސާ އެކްސްޓެންޝަންގެ ޚިދުމަތް ދޭން ފަށާނެ ކަން ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅުންހުރި ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު، ޠާރިޤު އިބްރާހީމް ހާމަކުރައްވައިފި އެވެ.

މިކަން ވަޒީރު ހާމަކުރެއްވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.
އެގޮތުން ވަޒީރު ވިދާޅުވީ، ފަތުރުވެރިންނަށް ދޫކުރާ ވިސާގެ މުއްދަތަކީ 30 ދުވަސް ކަމަށާއި، އެ މުއްދަތަށްވުރެ އިތުރަށް ރާއްޖޭގައި މަޑުކުރަން ޖެހޭ ހާލަތްތަކުގައި ފަތުރުވެރިންނަށް އެކަން ކުރެވޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް އިމިގްރޭޝަނާއެކު ގިނަ މަސައްކަތަކެއް ކުރަމުން އަންނަ ކަމަށެވެ.
މިއާއިއެކު ވިސާގެ މުއްދަތު އިތުރުކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާ އެޕްރީލް 1އިން ފެށިގެން އެ ޚިދުމަތަށް އެދި ހުށަހެޅޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމާފައިވާ ކަން ވަޒީރު ހާމަކުރެއްވި އެވެ.
"ކުރީގަ އޮންނަ ދިގު މުއްދަތު އަދި ހުށަހަޅަންޖެހޭ ބައިވަރު ޑޮކިއުމަންޓްސްތައް ހުށަނާޅާ، އެބޭފުޅުންގެ އޮންލައިން ޕްލެޓުފޯމުން، ވިސާ ފޮޓޯ އެޕްލައިކޮށް، ފައިސާ ދެއްކީމަ، 48 ގަޑިއިރުތެރޭގައި ވިސާ އެކްސްޓެންޑުކުރެވިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.
އަދި ފަތުރުވެރިކަމުގެ ސިނާޢަތް ސިންދަފާތުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ޓެކް ރެކް ޑައިވިންގ، އެޕްރީލް މަސް ނިމުމުގެ ކުރިން ތަޢާރަފުކުރުމަށާއި، ސްޕިއަރ ފިޝިންގ ތަޢާރަފުކުރުމަށް ތައްޔާރީތައް ވަމުންގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ސިނާޢަތުގައި ހަރަކާތްތެރިވާ މަންދޫބުންނާ މަޝްވަރާކުރައްވައި، ދިމާވާ ދަތިތަކަށް ޙައްލު ހޯއްދަވައިދެއްވުމަށާއި، ފަތުރުވެރިކަން އިޝްތިހާރުކުރުމަށްވެސް މަސައްކަތްތައް ކުރެވެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ގުޅުންހުރި

އޮޕަރޭޝަން ކުރަނގިގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްތައް ފަށައިފި

އޮޕަރޭޝަން ކުރަނގި: 98 އިންސައްތަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނަގައިފި

ޕާސްޕޯޓު ބުކްލެޓްގެ ސްޓޮކް ގެނައުމުގައި ލަސްތަކެއް ދިމާވެ އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުން ހުއްޓުމަކަށް!




