logoEN
PNC TOP 3
ނޭޕާލްގެ އައު ބޮޑުވަޒީރަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި

ނޭޕާލްގެ އައު ބޮޑުވަޒީރަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި

# ރައީސް މުއިއްޒު

ބަލެންދުރަ ޝާހު -

ނޭޕާލްގެ އައު ބޮޑުވަޒީރު ރައިޓް އޮނަރަބަލް ބަލެންދްރަ ޝާހް، އެ ޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމާއި ޙަވާލުވެވަޑައިގަތުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ހޫނު މަރުޙަބާއެއް ދަންނަވައި، ތަހުނިޔާ ފޮނުއްވައިފިއެވެ.

PNC MID 2

ނޭޕާލްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، އެޤައުމުގެ ގިނަ އަދަދެއްގެ ޒުވާނުންގެ ބައިވެރިވުމާއެކު އަދި އިޞްލާޙީ ބަދަލުތަކަށް މަގުފަހިކުރުމަށް ގޮވާލައި ގެނެވުނު ބަދަލުގެ ތެރެއިން މިމަހު ކުރީކޮޅު ބޭއްވި ޢާންމު އިންތިޚާބުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި އިންތިޚާބަކީ ނޭޕާލްގެ ދިމިގުރާތީ ދަތުރުގައި އެޤައުމުގެ ރައްޔިތުން އުންމީދުކުރާފަދަ ހަމަޖެހުމާއި ތަރައްޤީގެ އައު ބާބެއް ފެށިގެންދާނެ އިންތިޚާބެއް ކަމުގައި ވިދާޅުވިއެވެ.

ނޭޕާލަކީ ދިވެހިރާއްޖޭގެ ވަރަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވަމުން، ދެކުނު އޭޝިއާ ސަރަޙައްދުގައި ހުރި އެކިއެކި ގޮންޖެހުންތައް ޙައްލުކުރުމުގައި ދެޤައުމުން ގެންގުޅެނީ ވަރަށް އެއްގޮތް ވިސްނުންތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، ރާއްޖެއާއި ނޭޕާލާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ސަރަޙައްދީ ގޮތުންނާއި، ބައިނަލްއަޤްވާމީ މައިދާނުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ނޭޕާލް ސަރުކާރާއެކު މަސައްކަތް ކުރެއްވުމުގެ ޝައުޤުވެރިކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ނިންމަވާލައްވަމުން، ނޭޕާލްގެ ބޮޑުވަޒީރަށް ފުރިހަމަ ސިއްޙަތަކާއި އުފާފާގަތިކަމަށާ، އެޤައުމުގެ ރައްޔިތުންނަށް ތަރައްޤީއާއި ކުރިއެރުމާއި ދުޅަހެޔޮކަން މިންވަރުކުރެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC