logoEN
WAMCO TOP 1
ފިޔޯރީގައި މަސްހިފަން ނުކުމެ އުޅުނު މީހަކު ގެބިގެން މަރުވެއްޖެ

ފިޔޯރީގައި މަސްހިފަން ނުކުމެ އުޅުނު މީހަކު ގެބިގެން މަރުވެއްޖެ

# ގދ.ފިޔޯރީ

ފޮޓޯ: ވިޒިޓް ފިޔޯރީ

ގދ ފިޔޯރީގައި ދާޖަހައިގެން މަސްހިފަން ގޮސްއުޅުނު އުމުރުން ދުވަސްވީ މީހަކު ގެބިގެން މަރުވެއްޖެ އެވެ.

THE TRAVELLER AD

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ގދ. ފިޔޯރީގައި ދާޖަހައިގެން މަސް ހިފަންގޮސް އުޅުނު މީހަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު 2026 މާރިޗު 28 ވަނަ ދުވަހުގެ 13:42 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

އެމީހާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ނިޔާވެފައި ވަނީ ގަހާކޯޅި / ގދ. ފިޔޯރީ، މުޙައްމަދު ޙުސައިން (79އ) އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC