
--
ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ގދ ފިޔޯރީއަށް ވަޑައިގެންފި އެވެ.

ނައިބު ރައީސް ފިޔޯރީއަށް ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ފިޔޯރީން މަރުހަބާ ދެންނެވީ އެރަށަށް ނިސްބަތްވެވަޑައިގަންނަވާ ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު އެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅަކީ ގދ. ފިޔޯރީގައި ޤާއިމްކުރާ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
އެމަނިކުފާނުގެ އަރިހުގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު، އަޙްމަދު ޝިޔާމްއާއި، ފަރެސްމާތޮޑާ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު، އަޝްރަފް ރަޝީދުވެސް ފިޔޯރީއަށް ވަޑައިގެންނެވި އެވެ.
ގުޅުންހުރި

ފިޔޯރީގައި މަސްހިފަން ނުކުމެ އުޅުނު މީހަކު ގެބިގެން މަރުވެއްޖެ

ފިޔޯރީ މަސްދަަޅު ކާރުޚާނާއަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

ރަސްމީ ދަތުރުފުލެއްގައި ނައިބު ރައީސް ފިޔޯރީއަށް!

.gif&w=3840&q=75)



