
-
ގދ މަޑަވެލީގައި ތަރައްޤީކުރާ 50 ހައުސިންގ ޔުނިޓް މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަތީފްއެވެ.
އަރިހުގައި ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދު، ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ޝަމީޒް، މިމްސް ކޮންސްޓްރަކްޝަންގެ މެނޭޖިންގ ޑިރެކްޓަރ ތިނަދޫ އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ސައުދުﷲ ޙިލްމީ، އަދި މަޑަވެލި ކައުންސިލުގެ ރައީސް ފިޔާޒް ޙަސަން ބައިވެރިވެވަޑައިގެންނެވިއެވެ.
ސަރުކާރުން މި މަޝްރޫއު ހަވާލުކޮށްފައިވަނީ މިމްސް ކޮންސްޓްރަކްޝަނާއިއެވެ.
މި މަޝްރޫޢުގެ ދަށުން 3 ކޮޓަރީގެ 50 ހައުސިންގ ޔުނިޓް ޢިމާރާތްކުރެވިގެންދާނެ ކަމަށް ކޮންސްޓަރަކްޝަން މިނިސްޓްރީއިން ބުނެފައިވެ އެވެ.
މަޑަވެލީގައި އިމާރާތްކުރާ 50 ހައުސިންގ ޔުނިޓްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
.gif&w=3840&q=75)




