
މަޑަވެލި ބޭރުން ދަތުރުކުރަމުންދިޔަ ޑިންގީއެއް ބަންޑުންޖަހާލައިފި: އޭގެން ދަތުރުކުރި ދެ މީހުން ތިބި ޑިންގީ މަތީގައި ސަލާމަތުން!
# ގދ މަޑަވެލި-
ގދ. މަޑަވެއްޔާ ދިމާލު ބޭރުން ދަތުރުކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައިފި އެވެ.

ފުލުހުން މިއަދު ބުނީ. ގދ. މަޑަވެއްޔާ ދިމާލު ބޭރުން ދަތުރުކުރަމުންދިޔަ ޑިންގީއެއް އޮޔާދާ ކަމަށް މިއަދު ހެނދުނު 8:39 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެގޮތުން މި ރިޕޯޓާ ގުޅިގެން ފުލުހުންނާއި އެމް.އެން.ޑީ.އެފްގެ ސާޗް ޓީމްތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް، އެމްއެންޑީއެފް ގެ ޓީމަށް ބެހިފައިވާ އިތުރު ޑިންގީއެއް އެ ސަރަހައްދުން ފެނި އަނބުރާ މަޑަވެއްޔަށް ދިއުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް ވަނީ ބުނެފައި އެވެ.
އަދި އޮޔާދާކަމަށް ރިޕޯޓްކުރެވުނު ޑީންގީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތުން އެ ޑިންގީ ބަންޑުން ޖަހާލާފައި ވަނިކޮށް މިއަދު 11:04 އެހައިކަންހާއިރު ފުލުހުންގެ ސާޗް ޓީމަށް ވަނީ ފެނިފައި އެވެ.
ޑިންގީ ފެނުނު އިރު އެ ޑިންގީގައި ދަތުރުކުރި ދެ މީހުން، ޑިންގީ މަތީގައި ސަލާމަތުން ތިބި ކަމަށާއި އެ ދެ މީހުންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
އެއީ 40 އަހަރާއި 66 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.
.gif&w=3840&q=75)




