logoEN
PNC TOP 3
ހުޅުމާލެ ފޭސް އެކެއްގެ 704 ފްލެޓް ބެލެހެއްޓުން އެޗްޑީސީއަށް: ލަހެއް ފަހެއް ނެތި އެފެށީ އާބާތުރަ ފިލުވައި މަރާމާތުކުރަން!

ހުޅުމާލެ ފޭސް އެކެއްގެ 704 ފްލެޓް ބެލެހެއްޓުން އެޗްޑީސީއަށް: ލަހެއް ފަހެއް ނެތި އެފެށީ އާބާތުރަ ފިލުވައި މަރާމާތުކުރަން!

އަހުމަދު ޝުރާއު

logo

3/27/2026, 4:48:08 PM

# އެޗްޑީސީ

-

ހުޅުމާލޭގެ ފޭސް 1ގައި ޤާއިމްކޮށްފައިވާ 700 އަށްވުރެ ގިނަ ފްލެޓް ބެލެހެއްޓުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަން، އެޗްޑީސީއާއި ހަވާލުކޮށްފި އެވެ.

PNC MID 2

އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއާއި އެ ކުންފުންޏާ ދެމެދު މިމަހުގެ 24ވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ 704 ފްލެޓް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާއި އެކުންފުނިން ރަސްމީކޮށް ހަވާލުވެފައިވާ ކަމަށެވެ.

މި މަސައްކަތާއި ހަވާލުވުމާއިއެކު އެފްލެޓްތަކުގެ އާބާތުރަ ފިލުވައި މަރާމާތުގެ ކުރުމުގެ އަމަލީ މަސައްކަތް އެ ކޯޕަރޭޝަނުން އިއްޔެ ވަނީ ފަށާފައި އެވެ.

އެޗްޑީސީގެ ބަޔާނުގައި ވަނީ މިއަދުން ފެށިގެން 704 ފްލެޓުތަކަށް ދިމާވާ މެއިންޓެނެންސްގެ މައްސަލަތައް ޙައްލުކުރުމަށް އެކޯޕަރޭޝަނާއި ގުޅިގެން މަސައްކަތް ކުރުމަށް ބަޔާނުގައި ވަނީ ބުނެފައި އެވެ.

މި ފްލެޓުތަށް އެޗްޑީސީއާއި ހަވާލުކުރުމާއިއެކު ހުޅުމާލެ ފޭސް 2 ގައި ހުންނަ ފަހި ދިރިއުޅުން ފްލެޓުތައް ފިޔަވައި މިހާރު ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ސަރުކާރުން ތަރައްޤީކޮށް މީހުން ދިރިއުޅެމުންދާ ހުރިހާ ހައުސިންގ ޔުނިޓުތަކާއި ފްލެޓުތަކެއްގެ މެއިންޓެނެންސްގެ މަސައްކަތް ބަލަހައްޓަމުންދާނީ އެޗްޑީސީންނެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC