logoEN
PNC TOP 3
 ކުޅުދުއްފުށީ 400 ހައުސިންގ ޔުނިޓް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އެޗްޑީސީން ތައްޔާރުވެއްޖެ

ކުޅުދުއްފުށީ 400 ހައުސިންގ ޔުނިޓް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އެޗްޑީސީން ތައްޔާރުވެއްޖެ

އަހުމަދު ޝުރާއު

logo

3/11/2026, 5:49:43 PM

# އެޗްޑީސީ

-

ހދ ކުޅުދުއްފުށީގައި ސަރުކާރުން އިމާރާތްކުރާ 400 ހައުސިންގ ޔުނިޓް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

PNC MID 2

ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަން، އެޗްޑީސީއާއިއެވެ.

އެގޮތުން އެކުންފުނީން މިއަދު ބުނީ ހދ. ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތަށް ބޭނުންވާ ތަކެތި އެ ރަށަށް ގެންގޮސް، މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ.

ކުޅުދުއްފުށީ ސިޓީގައި އަލަށް ތަރައްޤީކުރާ 2000 ހައުސިންގ ޔުނިޓާއި، ކުރިން ހުއްޓިފައިވާ 400 ހައުސިންގ ޔުނިޓުގެ މަސައްކަތް ނިންމުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އެސިޓީއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި އެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އޭރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިޢުލާންކުރައްވާފައިވާ 2000 ހައުސިންގ ޔުނިޓުގެ ތެރެއިން 700 ޔުނިޓު ތަރައްޤީކުރާނީ އަމިއްލަ ގޯތީގައި ގެދޮރު ތަރައްޤީކޮށްދޭ ސްކީމެއްގެ ދަށުން ކަމަށާއި، އަދި ބާކީ 1300 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށް ގެންދާނީ ޕަބްލިކް ހައުސިންގގެ ގޮތުގައި ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC