logoEN
PNC TOP 3
އެސްއެމްއީ ޑިޖިޓަލްެގެ ޚާއްސަ ހަރަކާތްތަކެއް މި ހަފްތާ ބަންދުގައި ކުޅުދުއްފުށީގައި!

އެސްއެމްއީ ޑިޖިޓަލްެގެ ޚާއްސަ ހަރަކާތްތަކެއް މި ހަފްތާ ބަންދުގައި ކުޅުދުއްފުށީގައި!

އަހުމަދު ޝުރާއު

logo

3/27/2026, 4:16:03 PM

# އެސްއެމްއީ ޑިޖިޓަލް

-

އެސްއެމްއީ ޑިޖިޓަލް އިން ކުޅުދުއްފުށި ސިޓީގެ ވިޔަފާރިވެރިންނާ ގާތުން ބައްދަލުކޮށް، އެ ފަރާތްތަކަށް ހުރި މާލީ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ހަރަކާތްތަކެއް މާޗު މަހުގެ 27 އިން 29 އަށް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފިއެވެ.

PNC MID 2

މި ހަރަކާތްތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ހޯދުމާއި ވިޔަފާރި ކުރިއެރުވުމާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭނެއެވެ.

27 މާރިޗް 2026: ސޭލްސް އެންގޭޖްމަންޓް އިވެންޓް

މިއަދު ކުޅުދުއްފުށި ސިޓީ އެންއޯސީ ލަނގޮނޑި މާލިމީ މާލަމުގައި "ސޭލްސް އެންގޭޖްމަންޓް އިވެންޓް" ވަނީ ބާއްވާފައި އެވެ. މެންދުރު ފަހު 2:30 އިން ހަވީރު 6:00 އަށް ކުރިޔަށްދިޔަ މި ސެޝަނުގައި، ކުދި ވިޔަފާރިތަކަށް ހުރި ފައިނޭންސިންގ ފުރުސަތުތަކާއި، އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށާއި އަންހެން ވިޔަފާރިވެރިންނަށް ހުރި ހާއްސަ ފުރުސަތުތަކުގެ މައުލޫމާތު ވަނީ ފޯރުކޮށްދީފައި އެވެ. މީގެ އިތުރުން، އެސްއެމްއީ ޑިޖިޓަލްގެ ހިދުމަތްތަކަށް އެދި އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މުވައްޒަފުންގެ އެހީތެރިކަމާއެކު އެ ފުރުސަތު ވެސް ވަނީ ލިބިގެން ގޮސްފައެވެ.

28 މާރިޗު 2026: އެސްއެމްއީ ޑިޖިޓަލް އިން ހޮނިހިރު ބާޒަރަށް ޒިޔާރަތްކުރުން

މާރިޗު 28 ވާ ހޮނިހިރު ދުވަހު، ހދ. އަތޮޅުގެ ކުދި ވިޔަފާރިތަކުގެ މެދުގައި މަގުބޫލު "ހޮނިހިރު ބާޒާރު" އަށް އެސްއެމްއީ ޑިޖިޓަލްގެ ޓީމުން ޒިޔާރަތްކުރާނެއެވެ. މި ޒިޔާރަތުގެ މައިގަނޑު މަގުސަދަކީ އެއްތަނަކުން ގިނަ ވިޔަފާރިވެރިންނާ ބައްދަލުކޮށް، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަތުމެވެ. އަދި ވިޔަފާރިވެރިންގެ ހިޔާލާއި މަޝްވަރާ ހޯދައި، އެ ފަރާތްތަކުން ބޭނުންވާ ފަދަ އުފެއްދުންތައް ފަރުމާކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަކީ ވެސް މި ޒިޔާރަތުގެ ބޭނުމެކެވެ.

މާރިޗް 27 އަދި 28 ގައި ކުރިއަށް ގެންދެވޭ ދެ އިވެންޓަކީ އާންމުކޮށް ހުޅުވާލައިގެން ހުރިހާ އެންމެންނަށް ބައިވެރިވެވޭ ގޮތަށް އެސްއެމްއީ ޑިޖިޓަލް އިން އިންތިޒާމް ކުރާ އިވެންޓްތަކެކެވެ.

މި ދަތުރުގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުން މާރިޗު 29 ވާ އާދިއްތަ ދުވަހު، ކުދި ވިޔަފާރިތަކަށް ދިމާވާ މާލީ ދަތިތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން "ވޯކިން ކެޕިޓަލް ފައިނޭންސިންގ" ނަމުގައި އާ ފައިނޭންސިންގ ޕްރޮޑަކްޓެއް ކުޅުދުއްފުށީގައި ލޯންޗުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެސްއެމްއީ ޑިޖިޓަލްއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ ގޮތުން ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް 2019 ވަނަ އަހަރު ގާއިމްކޮށްފައިވާ ކުންފުންޏެކެވެ. ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި މިހާރު ހަރަކާތްތެރިވާ މި ކުންފުނިން ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހީ ފޯރުކޮށްދިނުމަށް ފުރިހަމަ ފައިނޭންސިންގ ނިޒާމެއް ބިނާކޮށްފައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC