
ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި
# ބިދޭސީން-
ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް ރަހީނުކޮށްފައިވާ މައްސަލަ 2026 މާރިޗު 25 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

މި މައްސަލަ ހުށަހެޅުމާއެކު، ރަހީނުކުރި މީހާ ސަލާމަތްކުރުމަށް ފުލުހުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް މީހާ ލޮކޭޓްކުރެވިފައި ވަނީ ވިލިމާލެއިންނެވެ. އެ މީހާ ސަލާމަތްކޮށް، ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު ވަނީ ދޫކޮށްލާފައެވެ.
މި މައްސަލައާ ގުޅިގެން، ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސްމީހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ، އެމް.ޑީ ހޮސައިން (30އ) އާއި އެމް.ޑީ މެހެދި ހަސަން (34އ) އާއި އެމް.ޑީ ޝާ އަލަމް (39އ) އާއި ސަރފިފް ހަސަން (38އ) އާއި ރަސަލް (20އ) އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ގުޅުންހުރި

ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކު އުމުރަށް ޖަލަށް
.jpg&w=3840&q=75)
ބަންދުގައި ހުރި ބިދޭސީއަކަށް ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު ކަމުގެ އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވޭ - ފުލުހުން

.gif&w=3840&q=75)



