logoEN
PNC TOP 3
ހުޅުމާލެ ފޭސް 3 އިން ބިންވެރިޔާ ޕްލޮޓް ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރަން ފަށައިފި

ހުޅުމާލެ ފޭސް 3 އިން ބިންވެރިޔާ ޕްލޮޓް ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރަން ފަށައިފި

އަހުމަދު ޝުރާއު

logo

3/26/2026, 3:52:46 PM

# ހުޅުމާލެ ފޭސް 3

-

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

PNC MID 2

ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ޖުމްލަ 1408 ޕްލޮޓުގެ ތެރެއިން، ސްޓޭޖް 1 ގެ ދަށުން ހުޅުމާލޭ ފޭސް 2 ގެ 709 ޕްލޮޓް މީގެ ކުރިން ވަނީ ހަވާލުކޮށްފައެވެ.

އެޗްޑީސީން ބުނީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައި ޕްލޮޓްތަކުގެ ސްޓޭޖް 2 ގެ ދަށުން، ހުޅުމާލެ ފޭސް 3 އިން ދޫކޮށްފައިވާ 699 ޕްލޮޓް ހަވާލުކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

އެގޮތުން، މިއަދު ހަވީރު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ހުޅުމާލޭ ފޭސް 3 އިން ޕްލޮޓް ލިބިފައިވާ 11 ފަރާތަކަށް ވަނީ ބިން ހަވާލުކޮށްފައެވެ.

އެޗްޑީސީގެ އަމާޒަކީ، މިއަދުން ފެށިގެން ކޮންމެ ދުވަހަކު ޕްލޮޓްތައް ހަވާލުކުރަމުންގޮސް، ސްޓޭޖް 2 ގެ ދަށުން ހުރިހާ ބިމެއް ވީހާވެސް އަވަހަކަށް ހަވާލުކޮށް ނިންމުމެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC