logoEN
Sto top
ފޭސް 3ގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމަކާއި ގާތަށް!

ފޭސް 3ގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމަކާއި ގާތަށް!

އަހުމަދު ޝުރާއު

logo

1/15/2026, 4:48:24 PM

# ހުޅުމާލެ ފޭސް 3

-

ހުޅުމާލޭ ފޭސް 3ގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާކަން އެމަސައްކަތް ކުރަމުންދާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ހާމަކޮށްފި އެވެ.

Wamco

ހުޅުމާލެ ފޭސް 3 ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ގައެވެ.

މި މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް އެމްއޭސީއެލުން ބުނީ މިހާތަނަށް 59 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވާ ކަމަށެވެ. މިއީ ހުޅުމާލޭ ފޭސް 3 އިން ހިއްކުމަށް ހަމަޖެހިފައިވާ 63 ހެކްޓަރުގެ ތެރެއިން 94 އިންސައްތަ މަސައްކަތެވެ.

ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުވަނީ ބޮޑު 2 ޑްރެޖަރު ގެނެސްފައެވެ. ހުޅުމާލެ ފޭސް 3 ގެ އިތުރުން މި ޑްރެޖަރުން ގިރާވަރުފަޅު ހިއްކުމަށްވެސް ވަނީ ހަމަޖެހިފައިއެވެ. އީއައިއޭ އާއި އެހެނިހެން ރަސްމީ ކަންތައްތައް ނިމުމާއެކު ގިރާވަރުގައި ބަންޑް ވޯލްގެ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެ ކަމަށާއި ހުޅުމާލެ ބިން ހިއްކުން ނިމުމާއިއެކު ދެ ޑްރެޖަރުވެސް ބިން ހިއްކުން ފަށާނީ ގިރާވަރުފަޅުގައި ކަމަށް ރައީސް ވަނި ދާދި ފަހުން ވިދާޅުވެފައެވެ. އަދި އެމަސައްކަރް 2 މަހާއި 3 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމެޓެޑާއި ހަވާލުކޮށްގެން ސަރުކާރުން ކުރިޔަށްގެންދާ ބިން ހިއްކުމުގެ ބައެއް މަޝްރޫއުތަކަށް ބޭނުންވާ ޑްރެޖަރުތައް ރާއްޖެ ގެނައުމަށް އެކުންފުނީން ބޭރުގެ ބޮޑެތި ބައެއް ކުންފުނިތަކާއިއެކު އެއްބަސްވުންތަކެއް ހަދައި އެ ޑްރެޖަރުތައް ރާއްޖެ އަންނާނެ ކަން ރައީސް އިއުލާނުކުރެއްވީ މިދިޔަ އޮކްޓޯބަރު މަހު ށ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

އެގޮތުން މިމަހުގެ އިތުރުން މި މަހުގެ ތެރޭގައިވެސް ބޮޑު ޑްރެޖަރެއް ރާއްޖެ އަންނާނެކަން ރައީސް އޭރު ހާމަކުރެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC