logoEN
PNC TOP 3
ހިމަންދޫއާއި މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެމީހަކު ހައްޔަރަށް!

ހިމަންދޫއާއި މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެމީހަކު ހައްޔަރަށް!

އަހުމަދު ޝުރާއު

logo

3/24/2026, 10:39:04 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

އއ. ހިމަންދޫ އަދި ދ. މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

PNC MID 2

މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ބީޗްހައުސް، އިބްރާހީމް އަޝްރަފް (41އ) އާއި މުހައްމަދު މައިނުއްދީން، ބަންގްލަދޭޝް (35އ) އެވެ. މި ދެމީހުން ވެސް ހައްޔަރުކޮށްފައިވަނީ މި މާރިޗު މަހުގެ 22 ވަނަ ދުވަހުއެވެ.

މި ދެމީހުންގެ ތެރެއިން އިބްރާހީމް އަޝްރަފް ހައްޔަރުކޮށްފައިވަނީ ދ. މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައެވެ. މީދޫ މަގުމަތިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 19 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މުހައްމަދު މައިނުއްދީން ހައްޔަރުކޮށްފައިވަނީ އދ. ހިމަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައެވެ. ހިމަންދޫ ބަނދަރު ސަރަހައްދުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 20 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު މައިނުއްދީން ހަތްދުވަހަށް އަދި އިބްރާހީމް އަޝްރަފް 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC