
ޤަޠަރުގެ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓުމުގެ ހާދިސާއާއި ގުޅިގެން އެ ޤައުމުގެ އަމީރަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
# ރައީސް މުއިއްޒު-
ޤަޠަރުގެ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓުމުގެ ހިތާމަވެރި ހާދިސާއާއި ގުޅިގެން އެޤައުމުގެ އަމީރު ހިޒް ހައިނަސް ޝެއިޚް ތަމީމް ބިން ޙަމަދް އަލް ޘާނީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާ އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ޤަޠަރުގެ ސަރުކާރަށާއި އަޚުވަންތަ ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖުގައި، ޤަޠަރުގެ އަސްކަރިއްޔާގެ އިތުރުން ތުރުކީގެ ގުޅިފައިވާ ލަޝްކަރުގެ ބައެއް ސިފައިންގެ ފުރާނަ ގެއްލުނު މި ހާދިސާއިން އެމަނިކުފާނަށް ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަމުގައި ވިދާޅުވިއެވެ. އަދި މި އުނދަގޫ ދަނޑިވަޅުގައި ދިވެހިރާއްޖެއިން ޤަޠަރާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ތަޢުޒިޔާގެ މެސެޖު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ހާދިސާގައި ފުރާނަގެއްލުނު މީހުންގެ އާއިލާތަކުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، އެޢާއިލާތަކަށް މިކަމުން އަރައިގަތުމުގެ ހިތްވަރާއި ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވާފައެވެ.
ގުޅުންހުރި

ޓީ.ބީ ނައްތާލެވޭނީ އެކަކު އަނެކަކަށް އެހީތެރިވާ މުޖުތަމަޢެއް ބިނާކޮށް، މަޢުލޫމާތު ފަތުރައި، ކުށްވެރިކުރުމުގެ ބަދަލުގައި އޯގާތެރިކަން އިސްކޮށްގެން!

ޤަޠަރުގެ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓުމުގެ ހާދިސާއާއި ގުޅިގެން އެ ޤައުމުގެ އަމީރަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

މަޖިލީހުގެ މެމްބަރުންގެ ވަކި އިންސައްތައެއް، އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރަނީ!

.gif&w=3840&q=75)



