logoEN
PNC TOP 3
މަރުގެ ހުކުމް އިއްވާފައި ތިބި މީހުންނަށް އަދަބު ނުދީ ބެހެއްޓުމަކީ، ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ އެންމެ މަތީ ވެރިއަކަށް އޮތް އިޚުތިޔާރެއް ނޫން - ރައީސް

މަރުގެ ހުކުމް އިއްވާފައި ތިބި މީހުންނަށް އަދަބު ނުދީ ބެހެއްޓުމަކީ، ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ އެންމެ މަތީ ވެރިއަކަށް އޮތް އިޚުތިޔާރެއް ނޫން - ރައީސް

އަހުމަދު ޝުރާއު

logo

3/23/2026, 2:51:25 PM

# ރައީސް މުއިއްޒު

-

މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ޚާއްޞަ ބިލު، ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގެ ތެރޭގައި ހުށަހަޅުއްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

PNC MID 2

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މަރުގެ ޙުކުމުގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކޮށްފައިވާ ފަރާތަކަށް މަރުގެ އަދަބު ނުދީ ބެހެއްޓުމަކީ، ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ އެންމެ މަތީ ވެރިއަކަށް އޮތް އިޚުތިޔާރެއް ނޫންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަރުގެ ޙުކުމް ތަންފީޒުކުރުމަކީ، ޤާނޫނީ އޮނިގަނޑުގެ ތެރެއިން، ސްޓްރީމްލައިންކޮށް ކަށަވަރުކޮށްގެން ކުރަންޖެހޭ ކަމެއްކަން ސަރުކާރުން ޤަބޫލުކުރައްވާ ކަމުގައި އެމަނިފާނު ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކޮށް، ބިލު ތަޞްދީޤުކުރެއްވުމާއެކު، މަރުގެ ޙުކުމް ތަންފީޒުކުރުމަށް ޝަރުޢީ މަރުޙަލާތައް ފުރިހަމަވެފައިވާ ހުރިހާ ފަރާތްތަކެއްގެ މައްޗަށް، މި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރައްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މިއީ އިސްލާމީ ޤައުމެއްގެ ހައިސިއްޔަތުން، ރާއްޖޭގައި އަދުލުއިންސާފާއި، އިޖުތިމާޢީ އަދާލަތު ޤާއިމުކުރުމަށްޓަކައި ކުރަންޖެހޭ ކަމެއްކަމުގައި ދެކިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC