
ޕީއެންސީ ތިނަދޫ ސިޓީ ކެމްޕެއިން މެކުހަށް: މިއަދު ޑޯޓުޑޯ ހަރަކާތަށް ނުކުތީ ފަސްޓް ލޭޑީއާއިއެކު!
# ތިނަދޫ ސިޓީ-
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތިނަދޫ ސިޓީގެ ގޮނޑިތަކަށް ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަންނަވައިފި އެވެ.

ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ފަސްޓް ލޭޑީ ތިނަދޫ ސިޓީއަށް ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ. އެކަމަނާއަށް ތިނަދޫއިން ހޫނު މަރުހަބާއެއް ވަނީ ކިޔާފައި އެވެ.
ފަސްޓް ލޭޑީގެ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ތިނަދޫ ސިޓީގެ ބައެއް ގެތަކަށް ޒިޔާރާތްކޮށް ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމުގެ މަސައްކަތުގައި އެކަމަނާ ވަނީ ބައިވެރިވެވަޑައިގެންފައި އެވެ. އެގޮތުން އެކަމަނާގެ އަރިހުގައި ތިނަދޫގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު އަޖީބު އާއި ޑަބްލިއުޑީސީގެ ރައީސާ ކަމަށް ވާދަކުރައްވާ ފާތިމަތު ތުހުފާއާއި ކައުންސިލް އަދި ޑަބްލިއުޑީސީ ދާއިރާތަކުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
މީގެ އިތުރުން ފަސްޓް ލޭޑީ ންޑިޑޭޓުންނާއެކު ކުރިއަށްގެންދެވި ބައްދަލުވުމުގައި ތިނަދޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މުޙައްމަދު އަޖީބްގެ މެނިފެސްޓޯ ފަސްޓް ލޭޑީ ވަނީ އިފްތިތާހުކޮށްދެއްވައިފައެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކެމްޕެއިނަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްވެސް މިދިޔަ ހަފްތާގައި ވަނީ ތިނަދޫ ސިޓީއަށް ޒިޔާރާތްކުރައްވާފައި އެވެ.
ގުޅުންހުރި

ތިނަދޫ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަޖީބުގެ މެނެފެސްޓޯ އިފްތިތާހުކޮށްފި

ތިނަދޫގައި އިމާރާތްކުރާ 50 ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް ފަށައިފި

ޕީއެންސީ ތިނަދޫ ސިޓީ ކެމްޕެއިން މެކުހަށް: މިއަދު ޑޯޓުޑޯ ހަރަކާތަށް ނުކުތީ ފަސްޓް ލޭޑީއާއިއެކު!

.gif&w=3840&q=75)



