logoEN
PNC TOP 3
"މެދުއިރުމަތީގެ ހަނގުރާމައިގެ ތެރެއިން އިންތިޒާމީ އަދި ޚާރިޖީ ކަމެއްގައިވެސް ރާއްޖޭގެ ސަރަހައްދު ބޭނުން ނުކުރެވޭނެ"

"މެދުއިރުމަތީގެ ހަނގުރާމައިގެ ތެރެއިން އިންތިޒާމީ އަދި ޚާރިޖީ ކަމެއްގައިވެސް ރާއްޖޭގެ ސަރަހައްދު ބޭނުން ނުކުރެވޭނެ"

އަހުމަދު ޝުރާއު

logo

3/23/2026, 7:49:54 AM

# ރައީސް މުއިއްޒު

-

އިންތިޒާމީ އަދި ޚާރިޖީ ކަމެއްގައިވެސް، މެދުއިރުމައްޗާއި ގަލްފުގައި މިހާރު ކުރިއަށްދާ ހަނގުރާމައަށް، ދިވެހިރާއްޖެ ބޭނުންކުރުމުގެ ފުރުޞަތު ނުދެއްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

PNC MID 2

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ މަންދޫބެއް ރާއްޖެ ވަޑައިގެން އުޅުއްވާކަމަށްބުނެ ނިއުޅެމުންދާ ޚަބަރަށް އިޝާރާތްކުރައްވައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިސްރާއީލު ނޫން އެހެން ޤައުމެއްގެ މަންދޫބެއް ރާއްޖެ ވަޑައިގެން މަޝްވަރާކުރައްވަން އެދިވަޑައިގެންފިކަމުގައިވާނަމަ، އެ ފުރުޞަތު ދެއްވާނޭކަމަށެވެ. ދެކުނު އަދި މެދުތެރޭ އޭޝިއާ އަށް އެމެރިކާއިން ކަނޑައަޅުއްވާފައި ހުންނަވާ ޚާއްޞަ މަންދޫބު ސަރޖިއޯ ގޯ، ދިވެހި ސަރުކާރާއެކު އަދި މިހާތަނަށް އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާކަމަށާއި، އެހެންނަމަވެސް، ބައްދަލުވުމަކަށް އެދިވަޑައިގަންނަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މަންދޫބާއެކު ކުރައްވާ މަޝްވަރާގައިވެސް، މި ހަނގުރާމައިގެ މައުޟޫޢު ފެންމަތިވިކަމުގައިވިޔަސް، ރާއްޖެއިން ދައްކާނޭ ވާހަކައެއް ނޯންނާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މިރާއްޖޭގެ ބިމުގެ ސަރަޙައްދެއްވެސް، ކަނޑުގެ ސަރަޙައްދެއްވެސް އަދި ވައިގެ ސަރަހައްދެއްވެސް، އެއްވެސް ހަނގުރާމައަކަށް ނުވަތަ އަސްކަރީ ބޭނުމަކަށް ބޭނުންކުރާނޭ ފުރުޞަތު، އެއްވެސް ޤައުމަކަށް ނުދެއްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މެދުއިރުމައްޗާއި ގަލްފުގައި މިހާރު ކުރަމުންދާ ހަނގުރާމައާ ދިވެހި ސަރުކާރުން ކަނޑައެޅިގެން ދެކޮޅު ހަދާ ކަމަށާއި، އެއްވެސް ޤައުމެއްގެ މިނިވަންކަމާއި އިސްތިޤުލާލު ނަގާލާގޮތަށް ހަމަލާދިނުމަކީ ކޮށްގެންވާނޭކަމެއް ނޫންކަމަށް ވިދާޅުވެ، މިހާރުން މިހާރަށްވެސް ހަމަލާތައް ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

އިސްރާއީލަކީ ދިވެހި ސަރުކާރުންވެސް އަދި ދިވެހި ރައްޔިތުންވެސް ބަލައިގަންނާނޭ ބައެއް ނޫންކަމަށާއި، މިއަދާ ހަމައަށް އައިއިރު، އެތައް ޒަމާނެއް ވަންދެން ފަލަސްޠީނުގެ ރައްޔިތުންނަށް އިސްރާއީލުން ކުރިމަތިކުރަމުން އައި ނިކަމެތިކަމަކީ ދިވެހި ރައްޔިތިން އެއްގޮތަކަށްވެސް މަޢާފުކުރާނޭ ކަމެއް ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC