logoEN
PNC TOP 3
ވާދަވެރި ކުޅުމަކަށްފަހު ބޫޓާން ބަލިކޮށް ނޭޕާލުން ފެށުން ރަނގަޅުކޮށްފި

ވާދަވެރި ކުޅުމަކަށްފަހު ބޫޓާން ބަލިކޮށް ނޭޕާލުން ފެށުން ރަނގަޅުކޮށްފި

ހަސަން ޝަމްއޫން

logo

3/23/2026, 1:53:04 PM

# ދިވެހި ކުޅިވަރު # ސާފް ޗެމްޕިއަންޝިޕް

ނޭޕާލާއި ބޫޓަން ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: މިހާރު ސްޕޯޓްސް

މާލޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އޭގައި މިއަދު ހަވީރު ނޭޕާލް އާއި ބޫޓާން ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ނޭޕާލުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެެވެ.

PNC MID 2

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފަސްވަނަ މިނެޓުގައި ނޭޕާލުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިިނީ ސުޖަން ޑަންގޯލް އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ނޭޕާލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ނޭޕާލުން ވަރުގަދަކޮށް ފެށިއިރު، ދެވަނަ ހާފު ފެށިގެން ހަތް ވަނަ މިނެޓުގައި އެޓީމުގެ ސުބާޝް ބަމް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެެވެ. އަދި ބޫޓާނުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑެންޑަޕް ޖަޔެލްޓްޝެން އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ނޭޕާލް ކުރީގައި އޮވެގެންނެވެ.

23 މާރިޗު 2026 އިން 03 އެޕްރީލް 2026 ގެ ނިޔަލަށް މާލެގައި ކުރިއަށް މިމުބާރާތުގައި މިއަހަރު ހަތް ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށް ދަނީ ބައިވެރިވި ހަތް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކަށުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

އެގޮތުން މުބާރާތުގެ ގުރޫޕް އޭގައި ނޭޕާލާއި ބޫޓާންގެ އިތުރުން ދެން ހިމެނެނީ ސްރީލަންކާ އަދި ދިވެހިރާއްޖެ އެވެ. އަދި ގުރޫޕް ބީގައި ތިން ޓީމު ހިމެނޭއިރު އޭގެތެރޭގައި ހިމެނެނީ އިންޑިއާ އަދި ޕާކިސްތާންގެ އިތުރުން ބަންގްލަދޭޝް އެވެ.

މުބާރާތުގެ ދެވަނަ މެޗުގައި މިރޭ 20:30 ގައި ރާއްޖޭގެ ޒުވާން ޓީމުން ނުކުންނާނީ ސްރީލަންކާ އާއި ދެކޮޅަށެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC